ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމާފުޅު، ހއ. އިހަވަންދޫ ވައިޖެހޭގޭ ޖަމީލާ ޙުސެއިން ނިޔާވުމާއި ގުޅިގެން އެ އާއިލާއަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޖަމީލާ ނިޔާވެފައިވަނީ މިއަދު ހެނދުނު 10:22 ހާއިރުއެވެ. އަދި އޭނާ ނިޔާވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅުގައި އުޅުއްވުމަށް ފަހުއެވެ. ޖަމީލާ ނިޔާވިއިރު އުމުރުފުޅަކީ 82 އަހަރެވެ. ޖަމީލާ ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވަނީ އާއިލާއަށް ތައުޒިޔާ ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ.

ޖަމީލާއަކީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުރުން ރައީސް ވަހީދުގެ ދައުރުގައި ފިޝަރީޒް މިނިސްޓަރ ކަން ކުރެއްވި އަދި ފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރެއްވި އަޙްމަދު ޝަފީޢުގެ މަންމާފުޅެވެ.

ކުރިން ދ.އަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އަދި ފަހުން އޭސީސީގެ މެންބަރުކަން ކުރެއްވި މުޙައްމަދު ޝަފީޢުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ޗީފް ޓެކްނޮލޮޖީ އޮފިސަރގެ މަޤާމުގައިހުންނެވި ހާމިދު ޝަފީޢު އާއި މީރާގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އަސްމާ ޝަފީޢުގެވެސް މަންމާފުޅަކީ ޖަމީލާ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން