ރައީސް ޔާމިން ޖަލުގައި ބާއްވަނީ އެމަނިކުފާނު ހޯއްދަވާނޭ ކާމިޔާބީއަށް ސަރުކާރުން ޖެހިލުންވާތީކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ރައީސް ޔާމިން ޖަލުގައި އޮންނަވާތާ އެއް އަހަރު ފުރުމާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.

ޣައްސާން ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސް ޔާމީން ޖަލުގައި އޮންނަވާތާ އެއް އަހަރުވެފައިވާ ކަމަށް ވިދާޅުވެ ނުހައްގުން އެމަނިކުފާނަށް ދެމުންދާ އަނިޔާތައް ހުއްޓާލުމަށް ގޮވާލާފައެވެ. ޣައްސާން ވިދާޅުވީ އެމަނިކުފާނު އެކަހެރިކޮށްފައި ވަނީ ހަމަހަމަ ސިޔާސީ މައިދާނެއްގައި ރައީސް ޔާމީން ކާމިޔާބު ހޯއްދަވާނޭކަން ކަށަވަރުވަތީ އެކަމުގެ ސަބަބުން ވާ ޖެހިލުމެއްގެ ސަބަބުން ކަމަށެވެ.

"މެކުނަށް ގާހަކައިގެ ހަސަދަ ބޮޑުވުމުން." ޣައްސާން ވިދާޅުވިއެވެ.



އިދިކޮޅު ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލިތާ މިއަދު އަހަރު ދުވަސް ވާނެއެވެ. މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު


3

ފަސްމާވަގު

30-Nov-2020

މިއަދު ރޔާމީން ޖަލުގާ އޮތުމުން މުޅި ގައުމު ހިތާމަ ކުރަނީ ސަބަބެއް ނެތިއެއް ނޫން, އެ މަނިކުފާނަކީ ގައުމަށް އިޚްލާސްތެރި ވަފާތެރި ރައީސެއް, މުޅި ގައުމު އާރާސްތު ކުރެއްވި ގާބިލު ވެރިއެއް ރ ޔާމީން އަކީ.



ޓްރެންޑިން