ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ފަތުރުވެރިކަމުގެ ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑް، ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބުނީ މުޅި ޓުއަރިޒަމް އިންޑަސްޓްރީގެ ބުރަ މަސައްކަތުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ދިވެހިރާއްޖެއަށް ލިބުމާއި ގުޅިގެން ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ޝަރަފުވެރި އެވޯޑް ރާއްޖެއަށް ލިބުމަކީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއްކަމަށެވެ. އަދި ކޯވިޑްގެ ހާލަތުގައިވެސް ރާއްޖެއަށް މިފަދަ ޝަރަފުވެރި އެވޯޑެއް ލިބުނީ ރާއްޖެއަކީ ރައްކާތެރި މަންޒިލެއްކަން ކަށަވަރުކޮށްދޭން ރާއްޖޭގެ ޓުއަރިޒަމް އިންޑަސްޓްރީން ކުރި ބުރަ މަސައްކަތުގެ ސަބަބުންކަމަށް ރައީސް ވިދާޅުވިއެވެ.



"ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބިފައިވާއިރު މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ.

މި އެވޯޑް ރާއްޖެއަށް ލިބިފައިވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް 2020 ރަސްމިއްޔާތުގައެވެ. މިއެވޯޑް ރާއްޖެއަށް ލިބިފައިވަނީ ދުނިޔޭގައި ފަތުރުވެރިކަމަށް މަޝްހޫރު 22 މަންޒިލަކާއި ވާދަކޮށްގެންނެވެ.



ވޯލްޑް ޓްރެވެލް އެވޯޑްސްގެ އިންޑިއާ ސަރަހައްދުގެ 4 އެވޯޑެއް ރާއްޖެއަށް ވަނީ ލިބިފައެވެ. އޭގެތެރޭގައި ހިމެނެނީ އިންޑިއާ ކަނޑުގެ ލީޑިންގ ބީޗް ޑެސްޓިނޭޝަން، ލީޑިންގ ކްރޫޒް ޑެސްޓިނޭޝަން، ލީޑިންގ ޑެސްޓިނޭޝަން އަދި ލީޑިންގ ޑައިވް ޑެސްޓިނޭޝަންއެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސްއަކީ 1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން