ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ޖަލުގައި އޮންނަވާތާ އެއް އަހަރު ފުރުމާއި ދިމާކޮށް އިދިކޮޅުން މުޅި ރާއްޖޭގައި މުޒާހަރާކުރަން ތައްޔާރުވެއްޖެއެވެ.

ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބުނީ މުޅި ރާއްޖޭގައި މިއަދު އޮންނަ މުޒާހަރާއަށް ވަރަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިކަމުގެ ތައްޔާރީތައް މިހާރު ކުރިއަށްދާކަމަށާއި، ކަނޑުމަތީގައިވެސް ހަރަކާތްތައް ކުރިއަށްދާނެކަމަށް އިދިކޮޅު ފަރާތްތަކުން ބުނެއެވެ.

އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީ ކޯލިޝަނުން ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާ އާއި ގުޅިގެން އިދިކޮޅު ލީޑާޝިޕްގެ ބައެއް ބޭފުޅުން ފުލުހަށް ހާޒިރުކޮށް މުޒާހަރާ ކުރިއަށް ނުގެންދަން އެންގި ނަމަވެސް އެ ހަރަކާތް ކުރިއަށް ގެންދާނެކަމަށް އަންގައިފައިވާނެ ކަމަށް ޕީޕިއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.

ޝިޔާމް ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނުގައި އޮންނަ ގޮތުން ކުރިއަށް ހުއްދަ ނުހޯދައި އެއްނުވެވޭނެ ކަމަށާއި، އެޗްޕީއޭގެ ގައިޑްލައިންތަކާ ހިޔާފަށް އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން އެންގެވި ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެކަމަކު ސަރުކާރުން ކެމްޕޭން ހަރަކާތްތައް ހިންގާއިރު ނުހުއްޓުވާނަމަ އިދިކޮޅު ހަރަކާތްތައް ވެސް ކުރިއަށް ދާނެކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.



އިދިކޮޅު ކޯލިޝަންގެ ލީޑަރު، ރައީސް އަބްދުﷲ ޔާމީން ޖަލަށް ލިތާ މިއަދު އަހަރު ދުވަސް ވާނެއެވެ. މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.

ރައީސް ޔާމީން މައްޗަށް އިތުރު ދެ ދައުވާއެއް ވެސް އުފުލާފައިވާއިރު މި ދައުވާތަކުގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށާފައެވެ. ކްރިމިނަލް ކޯޓުން ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، އިސްތިއުނާފް ޝަރީއަތްތައް މަޑުޖެހިފައިވާތީ އިދިކޮޅު ކޯލިޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން