ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ރާއްޖެއަށް ކުރިމަތިވެފައިވާ އިގްތިސާދީ ހީނަރުކަމާއި ގުޅިގެން ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ހުއްޓާލައިފިނަމަ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ނިކަމެތިވެގެންދާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ހީނަރުކަމާއެކު ވެސް ސަރުކާރުގެ ޕްރޮޖެކްޓްތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ގިނަ ޕްރޮޖެކްޓްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

"ކޮވިޑްގެ މިހާލަތުގައި އެއްވެސް ޕްރޮޖެކްޓެއް ހުއްޓުނީއެއް ނޫން، އެ ޕްރޮޖެކްޓްތައް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް. އެކަންތައްތައް ކުރިއަށް ދާން އެބަޖެހޭ. އެހެން ނޫނީ މީހުން މާ ނިކަމެތިވާނެ. ސަރުކާރުން ޖެހޭނެ އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދަން. އެއީ އަދި މުޅިން އެހެން ކަމެއް، އެކަންތައްތައް ސަރުކާރުން ހޯދާނެ. ހޯދުނީމަ ޕްރޮޖެކްޓްތައް ކެންސަލް ކުރާކަށް ނުޖެހޭނެ. ރައްޔިތުންނަށް ދޭ ޚިދުމަތްތަކަށް ބުރުލެއް ނާރާނެ." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ނަސީމް ވިދާޅުވީ މި ސަރުކާރަކީ ކާމިޔާބު ސަރުކާރަކަށްވާނެ ކަމަށާއި، ސަރުކާރުގެ އެ ވިސްނުން އެބަހުރި ކަމަށެވެ. ސަރުކާރު ކުރިއަށްދަނީ ކޯލިޝަން އާއެކު އެކުލަވާލާފައިވާ މެނިފެސްޓޯ އާއި އެއްގޮތަށް ކަމަށް ނަސީމް ވިދާޅުވިއެވެ.

"ރައްޔިތުންނަށް އުއްމީދުތަކެއް އޮންނަންޖެހޭނެ. އިރާދަކުރެއްވިޔާ ކޮވިޑުން އަޅުގަނޑުމެން އަރައިގަންނާނަން." ނަސީމް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓްގައި ޖަހާފައިވާ މަޝްރޫއުތަަކަށް ފައިސާ ހަމަޖެހިފައިވާތީ އެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު


-9

ޢަސްލަމް

29-Nov-2020

ނަސީމް ދައްކަވަންވީ އިގްތިސޯދީ ވާހަކަ, ފައްޔާޒް ދައްކަވަންވީ ހެލްތް ވާހަކަ,ފައިނޭންސް ވާހަކަ އިންޑިއާ އެމްބެސެޑަރ, ގައުމު ހިންގުން މަޖިލިސް ރައީސް, މަސްވެރިޔެއްގެ އަތުން އޮޅިފައި އޮތް ކަންވާރު ބޮޅެއްތަ?



ޓްރެންޑިން