ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ހެލްތް މިނިސްޓަރު އަހުމަދު ނަސީމް
ހެލްތް މިނިސްޓްރީގެ ދަށުގައި ކާބޯތަކެތި ޓެސްޓް ކުރާ ލެބޯޓަރީ އެއް ހުންނަންޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި ވާހަަކަ ދައްކަަވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، އެމަނިކުފާނުގެ ތަސައްވަރަކީ ރާއްޖޭގެ ރައްޔިތުންނަށް ދުޅަހެޔޮކަން ހޯދައިދިނުން ކަމަށެވެ. އަޅުގަނޑުމެން ކާއެއްޗަކީ ރަނގަޅު އެއްޗެއްސަށް ވާންޖެހޭ ކަމަށާއި، ކާބޯތަކެތި ޓެސްޓް ކުރެވޭނެ ތަނެއް ހުންނަންޖެހޭ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. ރާއްޖޭގެ ރައްޔިތުން ކަނީ ކޮންކަހަލަ ކާނާއެއްތޯ ބައްލަވަން ބޭނުންވާ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މީހުންނަށް ޕްލާސްޓިކް ހަނޑޫ ކާންދީގެން ނުވާނެ ކާން މިގެންނަނީ އެންމެ ރަނގަޅު އެއްޗެހިތޯ ބަލަން އެބަޖެހޭ. އަޅުގަނޑުގެ އެންމެ ޕްރިއޯރިޓީ (އިސްކަންދޭ) އަކަށް ވާނީ އެކަަހަލަ ކަންތައްތައް. އޭގެ މާނައަކީ ހެލްތު މިނިސްޓްރީގެ ދަށުގައި އެފަދަ ލެބޯޓަރީ އެއް ހުންނަންޖެހޭ، އެމަސައްކަތް ކުރަން ގަސްތުކޮށްގެން އަޅުގަނޑު މި ހުންނަނީ." ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މީގެ އިތުރުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ މިފަސްއަހަރު ނިމޭއިރު ރާއްޖޭގެ ސިއްހީ ދާއިރާ އަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓްގައި ސިއްހީ ދާއިރާ އަށް ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށާއި، އެބަޖެޓުން ޚަރަދުކޮށްގެން ޓާޝަރީ ހޮސްޕިޓަލްތައް ގާއިމްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

"ވަރަށް ބޮޑު އިންގިލާބީ ބަދަލެއް އަންނާނެ ސިއްހީ ދާއިރާއަށް، މިފަހަރު ވަރަށް ބޮޑު ބަޖެޓެއް ސިއްހީ ދާއިރާ އަށް ލިބިފައި މި އޮތީ. އެހެންވީމާ އޭގެ ފުރިހަމަ ބޭނުންކުރަން އަޅުގަނޑު ގަސްތުކުރަން، އިރާދަކުރެއްވިޔާ ތަފާތުތަކެއް ފެންނާނެ، މި މިނިސްޓްރީގެ ތެރޭގައި ހުރި ދަތިތަކާއި އުދަނގޫތަކުން ސަލާމަތްވެ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ކުރިއަށް އޮތް ތިން އަހަރު ދެމިތިބެވޭނެ." ހެލްތް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން