މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކަން ވަކާލާތުކުރާ މެމްބަރުންނަށް ވިސްނައިދޭން ރައްޔިތުން ނުކުންނަންޖެހޭކަމަށް ދީނީ އިލްމުވެރިޔާ އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ޝައިހް އިލްޔާސް މިހެން ވިދާޅުވީ ލޯކަލް ޓޫރިޒަމް ތަރައްގީކުރާއިރު މީހުން ދިރިއުޅޭ ރަށްތަކުގެ ބޭރުގައި ވިޔަސް، ބަނގުރާ ވިއްކޭނެ އިންތިޒާމު ހަމަޖެއްސޭނެ ގޮތަށް ޤާނޫނަށް އިސްލާހެއް ގެނައުމަށް ރައްޔިތުން މަޖިލިހުގެ ތޮއްޑޫ ދާއިރާ މެންބަރު ޙަސަން ޝިޔާން ގޮވާލެއްވުނުންނެވެ.

މިކަމާއި ގުޅިގެން ޝައިހް އިލްޔާސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުން ނޫނެކޭ ބުނެފައި ހުރި ކަންކަންއަލުން ގެންނަން އުޅެނީ ގައުމު ހަލަބޮލިކުރަންކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުމަށް އެއްވެސް ފުރުސަތެއް ދޭކަށް ދިވެހިން ޖާގައެއް ނުދޭނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

ޝައިހް އިލްޔާސް ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކުން ފަދަ ކަންކަމަށް ވަކާލާތުކުރާ މަޖިލީހުގެ މެމްބަރުންނަށް ވިސްނައިދޭން ރައްޔިތުން ނުކުންނަންޖެހޭކަމަށެވެ.



މީހުން ދިރިއުޅޭ ރަށްރަށުގައި ރާ ވިއްކަން ވަކާލާތުކުރާ މެމްބަރުންނަށް ވިސްނައިދޭން ރައްޔިތުން ނުކުންނަންޖެހޭކަމަށް ޝައިހް އިލްޔާސް ވިދާލުވިއިރު، 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރުން އެމަސައްކަތްކުރަން އުޅުމުން ވެސް ގިނަ ބަޔަކު ވަނީ އެނިންމުމާ ދެކޮޅަށް ނުކުމެ ނުރުހުންފާޅުކޮށްފައެވެ.

ލިފަހަރު މިވާހަކަތައް އަޑުއިވެން ފަށާފައިމިވަނީ ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ޢަލީ ޢާޒިމް ހުށަހެޅުއްވި ޓުއަރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ކުރިއަށް ގެންދިޔަ މަޖިލިހުގެ މުޅި މަޖިލިސް ކޮމިޓީގައި ވާހަކަދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ޝިޔާން ދެއްކެވި ވާހަކައިގައި މީހުން ދިރިއުޅޭ ރަށްރަށަށް ދާ ފަތުރުވެރިންނަށް ބަނގުރާ ވިއްކޭނެ ގޮތް ހަމަޖެއްސުމަަށް ގޮވާލުމުންނެވެ. އެގޮތުން ރަށު ބޭރުގައި ނުވަތަ ފަޅާއި ފަރުގައި ނަމަވެސް، ރާ ވިއްކޭނެ ފަދަ ފެސިލިޓީއެއް ޤާއިމުކުރަން ހުއްދަ ދިނުމަށް ނުވަތަ އެކަން ގާނޫނުގައި ކަނޑައެޅުމަށް އޭނާ ގޮވާލެއްވިއެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައިވެސް އެ ފެސިލިޓީ (ބަނގުރަ ވިއްކޭނެ ގޮތް) ޤާއިމުކުރެވޭނެ ގޮތް، ފަޅުތެރޭގައި ވިޔަސް، ވިލެއްގައި ވިޔަސް ކަނޑުތެރޭގައި ވިޔަސް އެ ޚިދުމަތް މީހުން ދިރިއުޅޭ ރަށްރަށަށް އަންނަ ފަތުރުވެރިންނަށް އެރަށުން ބޭރުގައި ލިބޭނެ އިންތިޒާމް އޮންނަންޖެހޭ." ޝިޔާން ވިދާޅުވިއެެވެ.

ޝިޔާންގެ ވާހަކަތަކާއި ގުޅިގެން ދީނީ އިލްމުވެރިން ދަނީ އޭނާއަށް ފާޑުކިޔަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން