ސޮނާކްޝީ ސިންހާ ދިވެހިރާއްޖޭގައި.
ސޮނާކްޝީ ސިންހާ ދިވެހިރާއްޖޭގައި.
އިންޑިޔާގެ ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ސޮނާކްޝީ ސިންހާ ރާއްޖެއިން ފުރަން ޖެހުމުން މިފަހަރު ދިނީ ހިތާމަވެރި ވަދާއީ ސަލާމެކެވެ.

މިގޮތުން ސޮނާކްޝީ ސިންހާ ދިވެހިރާއްޖެއިން ފުރަން ޖެހޭ ކޮންމެ ފަހަރަކު ހިތުގެ އެއްބައި ރާއްޖޭގައި ބާއްވަން ޖެހޭކަމަށް ސޮނާކްޝީ ބުނެފައިވެއެވެ. ސޮނާކްޝީ މިހެން ބުނެފައިވަނީ، ރާއްޖޭގައި ހޭދަ ކުރަމުންދިޔަ ޗުއްޓީ ނިއްމާލިކަން އިންސްޓަގްރާމް މެދުވެރިކޮށް ހާމަކުރަމުންނެވެ.

މިއާއެކު ސޮނާކްޝީ އަކީ ރާއްޖޭގެ ހިތްގައިމު ގޮނޑުދޮއްތަކާއި ނޫވިލުތަކާއި ކަނޑުތައް ދެކެ ލޯބިވާ މީހެއްކަން ވަރަށް ބޮޑަށް ހާމަވެގެން ދެއެވެ.

ސޮނާކްޝީ ސިންހާ ޗުއްޓީ ހޭދަކުރަމުންދިޔައީ ގްރޭންޑް ޕާރކް ކޮށްދިއްޕަރުގައެވެ. ސޮނާކްޝީގެ ޗުއްޓީ ނިންމާލިކަން ހާމަކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ފޮޓޮއަކާއެކުއެވެ. މީގެ އިތުރުންވެސް ސޮނާކްޝީ ވަނީ ރާއްޖޭގައި ހޭދަ ކުރަމުންދިޔަ ދުވަސްތަކުގައި ރާއްޖޭގެ ހިއްގައިމުކަން ދައްކުވައިދޭ ރީތި ފޮޓޯތައް، މީސް މީޑިޔާގައި ހިއްސާކޮށްފައެވެ.

2010 ވަނަ އަހަރު ހިންދީ ފިލްމު ދަބަންގް އިން ފިލްމީ ދާއިރާއަށް ނުކުތް ސޮނާކްޝީ ސިންހާގެ 34 ވަރަކަށް ފިލްމު މިހާތަނަށް ނެރެފައިވެއެވެ. މީގެ އިތުރުން ސޮނާކްޝީ ސިންހާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނުކުތް ހިންދީ ފިލްމް "ދަބަންގް 3" އިންނެވެ.

ސޮނާކްޝީ ސިންހާ ދެން ފެނިގެންދާނީ ސަންޖޭ ދަތު، އަޖޭ ދޭވްގަން އަދި ނޯރާ ފަތޭހީ އާއެކު، ހިންދީ ފިލްމު 'ބޫޖް: ދަ ޕްރައިޑް އޮފް އިންޑިޔާ' އިންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން