އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީ އަދި އެސްޓްރަރޒެނެކާ އިން ކޮވިޑަށް އުފައްދާފައިވާ ވެކްސިންގެ އިތުރު ތަހުލީލުތައް ބޭނުންވާކަމަށް އެސްޓްރަރޒެނެކާ ކުންފުނިން ބުނެފިއެވެ.

މިގޮތުން މިވެކްސިންގެ ޑޯޒް ދަށްކޮށްވެސް ވެކްސިންގެ ފުރިހަމަ އަސަރުކުރާނެކަން ނިންމުމަށް އިތުރު ތަހުލީލުތައް ކުރަން ޖެހިދާނެކަމަށް އެސްޓްރަރޒެނެކާގެ ސީއީއޯ ޕަސްކަލް ސޮރިއޮޓް ބުނެފައިވެއެވެ.

"ވެކްސިންގެ އަސަރު ކުރާމިންވަރާ މެދު އިތުރު ކަންތައްތަކެއް ފާހަގަވެފައިވުމުން މިކަން ޔަގީން ކުރުމަށް އިތުރު ތަހުލީލުތަކެއް ހަދަން ޖެހޭ." ޕަސްކަލް ސޮރިއޮޓް ބުނެފައިވެއެވެ.

މިގޮތުން ބައިނަލްއަޤްވާމީ ފެންވަރުގެ އިތުރު ތަހުލީލުތަކެއް ކުރަން ޖެހިދާނެ ކަމަށާއި، ނަމަވެސް ދެން އިތުރަށްް ކުރެވޭ ތަހުލީލު ތަކުގައި މާގިނަ ދުވަހެއް ނުނަގާނެކަމަށްވެސް ޕަސްކަލް ސޮރިއޮޓް ބުނެފައިވެއެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީ އަދި އެސްޓްރަރޒެނެކާ އިން ކޮވިޑަށް އުފައްދާފައިވާ ވެކްސިނުގެ ތަހުލީލުތައް މީގެ ކުޑަދުވަސްކޮޅެއް ކުރިން ނިންމައި އާންމުކޮށްފައިވާ ޑާޓާތަކުން މިވެކްސިނަކީ 70 އިންސައްތަ ރައްކާތެރި ވެކްސިނެއްކަމަށް ދައްކާފައިވެއެވެ. އަދި 3000 މީހަކަށް ވެކްސިންގެ ފުރަތަމަ ޑޯޒުގެ އެއްބަޔާއި ފުރިހަމަ ދެވަނަ ޑޯޒެއް ދެވިފައިވާއިރު، ނަތީޖާއިން 90 އިންސައްތަ ރައްކާތެރިކަމަށް ދައްކާފައިވެއެވެ

މިއާއެކު މިވެކްސިންގެ ތަހުލީލުތަކުން ދެ ނަތީޖާއެއް ދައްކާފައިވުމުން ގިނަ ސައިންސްވެރިންވަނީ މިތަހުލީލުތަކުގެ ކޮލިޓީ އާމެދު ސުވާލުއުފައްދާފައެވެ.

ނަމަވެސް މިވެކްސިން ބޭނުންކުރުމަށް މި އަހަރު ނިމުމުގެ ކުރިން ހުއްދަލިބޭނޭކަމަށްވެސް އެސްޓްރަރޒެނެކާއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން