ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުުހަންމަދު ސޯލިހް
ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުުހަންމަދު ސޯލިހް
ރާއްޖޭގެ ނަން ކިލަނބުކޮށްލުމަށް ގަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ ސިފައިން އުފެއްދި ގައުމީ ބަތޮލުން ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުުހަންމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފްގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކުރި ދަރިވަރުން ސިފައިންގެ ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ގޮތުން މިއަދު ހެނދުނު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މި ގައުމުގެ ނަން ކިލަނބުކޮށްލުމަށް ގަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ ސިފައިން އުފެއްދި ގައުމީ ބަތޮލުން ކަމަށެވެ.

ސިފައިންގެ ހިދުމަތުގައި، ދީނާއި ގައުމަށްޓަކައި ގުރުބާންވެގެންދާ މުޖާހިދުންގެ ހިދުމަތަކީ، މި ދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ހިދުމަތެއް ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. އެފަދަ ގައުމީ ބަތަލުންގެ ޒިކުރާ އާކުރެވޭ ކޮންމެ ފަހަރަކުވެސް، ހިތްތަކަށް ލިބޭ އެންމެ ބޮޑު އުފަލާއި ހިތްހަމަޖެހުމަކީ، މިރާއްޖޭގެ ދިފާއުގައި ހަށިގަނޑާއި ފުރާނައިން ގުރުބާންވާން ތައްޔާރަށް އޮތް، ގާބިލް އަސްކަރީ ފައުޖެއް އޮތުމުގެ ހިތްހަމަޖެހުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ސިފައިންގެމީހެއްގެ ގޮތުގައި ޤައުމަށް ކޮށްދޭ ތެދުވެރި ޚިދުމަތަކީ، ރަންރިއްސާއި ޖަވާހިރުން ނުވަތަ ފައިސާއާއި މުދަލުން އަގުކުރެވޭނެ އެއްޗެއް ނޫން. އަދި ސިފައިންގެ ޚިދުމަތުގައި، ދީނާއި ޤައުމަށްޓަކައި ޤުރުބާންވެގެންދާ މުޖާހިދުންގެ ޚިދުމަތަކީ، މި ދުނިޔެމަތީގައި އެއްވެސް ގޮތަކުން އަގުކުރެވޭ ވަރަށްވުރެ މާމަތިވެރި އަދި އެހާމެ މާތް ޚިދުމަތެއް." ރައީސް ސޯލިހް ވިދާޅުވިއެވެ

ސިފައިންނަކީ ފަހުރުވެރި ދިވެހި އަސްކަރިއްޔާގެ ޝަރަފާއި އިއްޒަތް ދަމަހައްޓާނެ ސިފައިން ކަމާ މެދުގައި ޝައްކު ނުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ތިޔަ ސިފައިންނަކީ އަސްކަރީ އަހުލާގަށާއި އަސްކަރީ ހުނަރަށް ވަރަށް ރަނގަޅަށް އަހުލުވެރިވެފައިވާ ބައެއް. ދިވެހި އަސްކަރިއްޔާގެ މަދަނީ އަދި އަސްކަރީ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ފަސް ނުޖެހޭ ހިތްވަރު ގަދަ ހުޝިޔާރު ބައެއް. ހަމައެފަދަ އިން ޖެހިލުން ކުޑަ އަޒުމް ވަރުގަދަ ބައެއް،" ރައީސް ސޯލިހް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން