އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޒަކީ
އެމްޕީއެލްގެ ޗެއާމަން މުހައްމަދު ޒަކީ
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގައި ހިންގި 8 މިލިއަން ރުފިޔާގެ ވައްކަމެއް އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޒަކީ ފަޅާއަރުވާލައިފިއެވެ.

ޒަކީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޕީއެލްއިން 8 މިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަގަށް ނެގި ފަރާތްތައް، ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ އެއްގޮތަށް ސަސްޕެންޑް ކުރެވިފައި ނުވާތީ ވަރަށް ބޮޑަށް މަޢާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. މި ބޮޑު ވައްކަމާ ގުޅިގެން ތުހުމަތު ކުރެވޭ މުވައްޒަފުން ސަސްޕެންޑުކުރުމަށް އެމްޕީއެލް ބޯޑުގެ ތިން މެންބަރުން ވޯޓު ދެއްވާފައިވާ ކަމަށާއި، ސަސްޕެންޑް ކުރަން ނުފެންނަ ކަމަށް 4 މެންބަރުން ވޯޓުދެއްވި ކަމަށް ޒަކީ ވިދާޅުވެފައިވެއެވެ.



ޒަކީ ވިދާޅުވީ، ކުންފުނީގެ ބޯޑުގެ އަޣުލަބިއްޔަތު ނުލިބުމުގެ ސަބަބުން ވައްކަން ކުރި ފަރާތްތަކަށް ފިޅަވަޅެއް އެޅިފައި ނުވާކަމަށެވެ. އަދި މި ބޮޑު ވައްކަމުގައި އެމްޕީއެލްގެ މުވައްޒަފުންގެ އިތުރަށް ފިއުލް ސަޕްލައި މޯލްޑިވްސްގެ ބައެއް މުވައްޒަފުންވެސް ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވައްކަމުގެ އިތުރު ތަފްސީލެއް ޒަކީ ދެއްވާފައި ނުވާއިރު، މިކަމާ ގުޅޭ ގޮތުން އެ ކުންފުނިންނާއި، ސަރުކާރުންވެސް އަދި އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.

މިއީ ސަރުކާރުގެ ކުންފުންޏެއްގެ އެންމެ އިސް ވެރިއަކު އަމިއްލައަށް އެކުންފުނީގައި ހިންގާފައިވާ ބޮޑު ޚިޔާނާތެއް މިފަހުގެ ތާރީޚެއްގައި ފަޅާ އަރުވާލި ފުރަތަމަ ފަހަރެވެ. އާންމުކޮށް ސަރުކާރު ތަކުގައި މިކަންކަން ހިނގަމުން ދާ ގޮތަކީ ކުންފުނީގެ ވެރިންގެ ފަރާތުން އެފަދަ ތުހުމަތު ތަކެއް ކުރެވުމުން އެ ތުހުމަތު ކުރެވޭ ވެރިއަކު އެހެން ކުންފުންޏެއްގެ މަތީ މަގާމަށް ބަދަލު ކުރުމެވެ.

މިސަރުކާރު ވެރިކަމާއި ހަވާލުވި ފަހުން އެފަދަ ފާހަގަ ކޮށްލެވޭ އެއް ހާދިސާއަކީ އެމްޓީސީސީގައި ހުންނެވި އެމްޑީ ފެންކުންފުނީގެ ހަމަ އެމަގާމަށް ބަދަލު ކުރެއްވުމެވެ. އޭނާ އެމަގާމަށް ބަދަލު ކުރަށްވާފައި ވަނީ އޭނާއާއި މެދު ބޮޑެތި ތުހުމަތު ތަކެއް ކުރެވުމުގެ އިތުރުން ކުންފުނި ރަނގަޅަށް ނުހިންގި ފެއިލްވަމުން ދިއުމުގެ ޝަކުވާތައް ފެންމަތިވެ މީސްމީޑިއާގައި އެވާހަކަތައް ދައުރުވާން ފެށުމުންނެވެ.


ކިޔުންތެރިންގެ ހިޔާލު


1

ޢަދުދުﷲ ސަޢީދު

22-Feb-2023

ޟުހައްމަދު ޒަކީ އެމްޕީ އެލްގެ ޗެއަރމަން ކަމުގެ މަގާމުން އިސްތިއުފާދެއްވީ 8 މިލއަނަށް ވުރެ ގިނަރުފިޔާއަށް ޚިޔާނާތް ޔެރިވި ފަރާތްތަކާމެދު ފިޔަވަޅު އަޅަން ބޯޑުން ފާސް ނުވުމުންނެވެ. ޟިކަހަލަ އިޚުލާތެރިއަކު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީމާ މިސަރުކާރުން އެމަނިކުފާނުވެސް ކޮށްލީ ބާކީއެވެ.


3

ވަޙީދު

27-Nov-2020

މިއީ ތެދެއް ކަމަށްވާނަމަ މިސަރުކާރުވެސް ޒީރޯޓޮލެރެންސެކޭ ކިޔައިގެން މިހަދާއެއއޗެއް ރައްޔިތުންނަށް ސާފެއްނުވޭ!


0

ނިކަބިލިސް

27-Nov-2020

ނުނޭ ހޮސްޕިޓަލެއްގައިވެސް އެބައުޅޭ ފަޅާއަރުވާލައިގެން



ޓްރެންޑިން