ފައިޒަރ ކުންފުނި އަދި ބައޯ ޓެކް ކުންފުނިންް އުފައްދާފައިވާ ވެކްސިން ފޯރުކޮށްދިނުމުގައި ފައިޒަރ ކުންފުންޏަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވެކްސިން ރައްކާ ކުރަން ޖެހޭ ފިނިހޫނުމިނުގައި ސްޓޯރ ކުރުން ކަމަށް ވެކްސިން އުފައްދާ އެހެން ކުންފުނިތަކުން ހާމަކޮށްފިއެވެ.

ފައިޒަރ ކުންފުނި އަދި ބައޯ ޓެކް ކުންފުނިންް އުފައްދާފައިވާ ވެކްސިނަކީ ފިނިހޫނުމިން މައިނަސް 20 ގައި ސްޓޯރ ކުރަންޖެހޭ ވެކްސިނެކެވެ.

އަދި މިފަދަ ޓެމްޕަރޭޗަރެއްގައި އެމެރިކާގެ ބޮޑެތި ހޮސްޕިޓަލް އަދި ފާމަސީތަކުގައި މިވެކްސިން ރައްކާކުރެވުނު ކަމުގައި ވިޔަސްް އެމެރިކާ ނޫން އެހެން ގައުމުތަކުގައި އެ ފިނިހޫނު މިނުގައި ގިނަ އަދަދެއްގެ ވެކްސިން ރައްކާކުރެވޭނެ ކަމާމެދު ކޮރޯނާ ވައިރަސް ޓުޑޭގެ ފައުންޑަރ ޑޮން ހެކެޓް ވަނީ ސުވާލު އުފައްދާފައެވެ. މިގޮތުން ގިނަ ވެކްސިންތަކެއް ރަނގަޅު ފިނިހޫނު މިނުގައި ސްޓޯރ ނުކުރެވުމުގެ ސަބަބުން އެ ކުންޏަށްވެ އުކާލަން ޖެހިދާނެ ކަމުގެ ބިރު އޮތްކަމަށް ޑޮން ހެކެޓް ވަނީ ފާހަގަކޮށްފައެވެ.

ވެކްސިން ބޭނުން ނުކުރެވޭވަރުވެ އުކާލުމާ ބެހޭގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ނެރެފައިވާ ދިރާސާ ރިޕޯޓަކުން ހާމަކޮށްފައިވާ ގޮތުން، މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު 50 އިންސައްތަ ވެކްސިނަކީ ބޭނުންނުކުރެވޭވަރުވެ އުކާލާ ވެކްސިނެވެ.

"ކޮންމެ ގައުމަކަށްވެސް އެގައުމަކުން ބޭނުންވާވަރަށް ވެކްސިން ހޯދާ، ނަމަވެސް އެއްތަނުން އަނެއްތަނަށް ވެކްސިން ގެންދިއުމުގައި ރަނގަޅު ފިނިހޫނުމިނެއްގައި ވެކްސިން ރައްކާނުކުރެވުމާއި، ވެކްސިން ލިބުމަށްފަހުވެސް ގިނަދުވަސްތަކަކަށް ރަނގަޅު ފިނިމިނެއްގައި ވެކްސިން ރައްކާނުކުރެވި، ވެކްސިންގެ ފިނިހޫނުމިން ބަދަލުވެ ރިސްކް ބޮޑުވޭ." ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ދިރާސާ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން ބަލިމަޑުކަމެއް ނުފެތުރުނު ކަމުގައިވިޔަސް އެއްތަނުން އަނެއްތަނަށް ވެކްސިން ގެންދިއުމުގައި ރަނގަޅު ފިނިހޫނުމިނެއްގައި ވެކްސިން ރައްކާނުކުރެވުމަކީ މިހާރުވެސް ކުރިމަތިވާ ގޮންޖެހުމެއްކަމަށް ކެރިއަރ ގްލޯބަލް ކޯޕޮރޭޝަން ގެ ސީއީއޯ ޑޭވިޑް ގިޓްލިން ފާހަގަކޮށްފައިވެއެވެ.

ފައިޒަރގެ ވެކްސިން ފިނިހޫނުމިން މައިނަސް 20 ޑިގްރީގައި ސްޓޯރ ކުރަންޖެހޭއިރު، ވެކްސިންގެ ރައްކާތެރިކަން އިއުލާންކޮށްފައިވާ މޮޑަރނަރގެ ވެކްސިން އަދި އޮކްސްފޯޑުގެ ވެކްސިން އާދައިގެ ފްރިޖެއްގެ ފިނިމިނުގައިވެސް ސްޓޯރ ކުރެވެއެވެ.

ނަމަވެސް އެއްތަނުން އަނެއްތަނަށް ވެކްސިން ގެންދިއުމުގައި ރަނގަޅު ފިނިހޫނުމިނެއްގައި ވެކްސިން ރައްކާކުރުމަށާއި، ވެކްސިން ލިބުމަށްފަހުވެސް ގިނަދުވަސްތަކަކަށް ރަނގަޅު ފިނިހޫނުމިނެއްގައި ވެކްސިން ރައްކާކުރުމަށް ތައްޔާރުވެފައިވާކަމަށް ފައިޒަރ ކުންފުނީގެ ގްލޯބަލް ސަޕްލައި ކޮމިއުނިކޭޝަން މެނޭޖަރ ފްރަންސެސްކަރ ހާމަކޮށްފައިވެއެވެ. މިގޮތުން ވެކްސިން ފޯރުކޮށްދިނުމުގައި ފިނިހޫނުމިން ކޮންޓްރޯލް ކުރުމަށް ތަރމަލް ޝިޕިންގ ބޭނުންކުރެވޭނެކަމަށްވެސް ފްރަންސެސްކަރ ހާމަކޮށްފައިވެއެވެ. މިގޮތުން ތަރމަލް ޝިޕިންގ ގައި ޑްރައި އައިސް ބޭނުންކޮށްގެން ފިނިހޫނުމިން މައިނަސް 70 ޑިގްރީގައި 10 ދުވަހު ބެހެއްޓޭނެއެވެ.

"ކޮވިޑަށް ތައްޔާރުކުރެވިފައިވާ ވެކްސިން ރައްކާތެރި ކަމާއެކު ފޯރުކޮށްދިނުމުގެ ޔަގީންކަން އެބައޮތް. އަދި މިވެކްސިން ފޯރުކޮށްދެވޭއިރު ތަރމަލް ޖީޕީއެސް ބޭނުންކޮށްގެން ފިނިހޫނުމިނަށް ބަދަލެއް އާދޭތޯ ބެލެވޭނެ." ފައިޒަރ ކުންފުނީގެ ގްލޯބަލް ސަޕްލައި ކޮމިއުނިކޭޝަން މެނޭޖަރ ފްރަންސެސްކަރ ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން