ދުނިޔޭގެ އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި މަޝްހޫރު ވެފައިވާ އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މެރަޑޯނާ މަރުވެއްޖެ އެވެ.
މެރެޑޯނާގެ އާއިލާއާއި ހަވާލާދީ ހަބަރުތައް ބުނާގޮތުން އުމުރުން 60 އަހަރުގައި މެރަޑޯނާ މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ. މެރެޑޯނާ މަރުވިއިރު އޭނާ ވަނީ މީގެ ދެ ހަފުތާކުރިން ސިކުނޑީގެ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.
މެރެޑޯނާ ދުނިޔެއަށް މަޝްހޫރުވީ 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ހޯދައިދިން ކެޕްޓަންގެ ގޮތުގަ އެވެ. އެއަހަރުގެ ގޯލްޑަން ބޯލް ވެސް ވަނީ އޭނާ ހާސިލްކޮށްފައެވެ. މީގެ އިތުރުން ބާސެލޯނާ، ނަޕޯލީ އަދި ބޮކަ ޖޫނިއާސްއަށްވެސް އޭނާ ކުޅެފައިވެއެވެ. އަދި އެކްލަބްތަކާއެކު 9 ޓައިޓަލްއެއް އޭނާ ހޯދާފައިވެއެވެ.
މެރެޑޯނާ މަރުވުމާއި ގުޅިގެން ގައުމީ ހިތާމައިގެ 3 ދުވަސް ފާހަގަކުރުމަށް އާޖެންޓީނާގެ ރައީސް ވަނީ ނިންމަވާފައެވެ.
ޑްރަގްގެ ވަބާގައި ޖެހިގެން ފުޓްބޯޅަ ކެރިއަރަށް ހުރަސް އެޅުނު މެރެޑޯނާ ފުޓްބޯޅަ ކުޅުން ހުއްޓާލި 1997 ވަނަ އަހަރުއެވެ.
އޭގެފަހުން 2008 ވަނަ އަހަރުން 2010 ވަނަ އަހަރަށް އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ކޯޗުކަންކޮށްދީފައެވެ. އޭނާގެ ކޯޗުކަމުގައި 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ކުއާރޓަރ ފައިނަލަށް ވެސް އާޖެންޓީނާގެ ގައުމީ ޓީމް ގެންގޮސްދިނެވެ.
މެރެޑޯނާ މަރުވުމާއި ގުޅިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ހިތާމައިގެ ޝުއޫރުތައް ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު