ދެލައްކަ ފަންސާސް ހާސް ޑޮލަރު އިންވެސްޓްކުރުމުން ރެޒިޑެންޓް ވިސާ ދިނުމަކީ ދިވެހިން ގުލާނުކުރުވަން ރައީސް ސާލިހު ކުރެއްވިކަމެއްކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ނާއިބު ރައީސް ޝިޔާމް މިހެން ވިދާޅުވީ ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމުންނެވެ.
ޝިޔާމް ވިދާޅުވީ މިއީ ދިވެހި ވިޔަފާރިތައް ވުޖޫދުން ފޮހެލާ، މީސްކޮޅު މަދު މިގައުމުގެ ރައްޔިތުން އަމިއްލަ ފަސްގަނޑުގައި ބީރައްޓެހިކުރުވާ ގުލާނުކުރުވަން ރައީސް އިބްރާހިމް މުހައްމަދު ސާލިހު ކުރެއްވިކަމެއްކަމަށެވެ. ޝިޔާމް ވިދާޅުވީ މިއީ ގައުމަށް ހެޔޮ އެދޭ ބަޔަކު ކުރާނެކަމެއް ނޫންކަމަށާއި މިއީ ގައުމުގެ އިސްތިގްލާލާއި ސިޔާދަތު ގެއްލުވާލުންކަމަށެވެ.
ރައީސް މިއަދު ތަސްދީގް ކުރެއްވި ގާނޫނާއެކު ރާއްޖޭގެ ބޭންކެއްގައި 250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ބަހައްޓާފައިވާ ފަރާތްތަކަށް، އެ މުއްދަތަށް ވިސާ ދޫކުރުމުގެ އިތުރުން، ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޮންމެ ފަސް އަހަރަކުން އިންވެސްޓްމެންޓްގެ މުއްދަތުގައި ވިސާ ދޫކުރެވޭނެއެވެ. މީގެ ކުރިން އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން އެމެރިކާ ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.
ސަރުކާރުން އިމިގްރޭޝަން ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވަނީ، އަންނަ އަހަރަށް އާމްދަނީ އިތުރުކުރުމަށް ރާއްޖޭގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހި ކުރުމަށެވެ.

Mee Dhivehi viyafaarithah vujoodhun fohelaa meeskolhu madhu mi qaumuge rayyithun amilla fasgandugai beerattehi kuruva gulaanukuruvan @ibusolih kurevvi kameh. Mee qaumah heyo edhey bayaku kuraanekamehnoon. Mee qaumuge isthiqlaalaa siyaadhathu gelluvaalun. pic.twitter.com/BS1tFC9aLP
— Ahmed Shiyam (@Shiyamaldives) November 25, 2020
ރައީސް މިއަދު ތަސްދީގް ކުރެއްވި ގާނޫނާއެކު ރާއްޖޭގެ ބޭންކެއްގައި 250،000 އެމެރިކާ ޑޮލަރު ފަސް އަހަރުގެ މުއްދަތަށް ބަހައްޓާފައިވާ ފަރާތްތަކަށް، އެ މުއްދަތަށް ވިސާ ދޫކުރުމުގެ އިތުރުން، ސަރުކާރުން ކަނޑައަޅާ ރިއަލް އެސްޓޭޓް ނުވަތަ އެނޫން ވިޔަފާރިއަކަށް 250،000 ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޮންމެ ފަސް އަހަރަކުން އިންވެސްޓްމެންޓްގެ މުއްދަތުގައި ވިސާ ދޫކުރެވޭނެއެވެ. މީގެ ކުރިން އޮންނަ ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން އެމެރިކާ ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ.
ސަރުކާރުން އިމިގްރޭޝަން ގާނޫނަށް އިސްލާހުތަކެއް ގެނެސްފައިވަނީ، އަންނަ އަހަރަށް އާމްދަނީ އިތުރުކުރުމަށް ރާއްޖޭގައި ޓޫރިޒަމް ރިއަލް އެސްޓޭޓް ވިޔަފާރިއަށް މަގުފަހި ކުރުމަށެވެ.
ކިޔުންތެރިންގެ ހިޔާލު