އަހުމަދު މަސްނޫމް   25 ނޮވެމްބަރު 2020 - 23:48
މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަނެއްކާވެސް ޕީޕީއެމްއާ ގުޅިވަޑައިގެންފިއެވެ.

ޕީޕީއެމުން ބުނީ، އެޕާޓީއަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު އަލުން ޕީޕީއެމްއާ ގުޅިވަޑައިގަތީ މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. ރިފާއުވެސް ވަނީ އޭނާ ޕީޕީއެމާ ގުޅިވަޑައިގެންނެވިކަން ސޯޝަލް މީޑިއާގައި އިއުލާންކޮށްފައެވެ.



ޖާބިރުގެ ޑީއާރުޕީގައި އިސް މަގާމްތަކެއް އަދާކުރެއްވުމަށްފަހު މިމަހުގެ 16 ވަނަ ދުވަހު ޑީއާރުޕީން އޭނާ ވަކިވެވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރުމުގެ މަސައްކަތަށް ހުސްވުމަށްޓަކައިކަމަށް ބޮޗޭ ވިދާޅުވިއެވެ.

މީގެ ކުރިން ބޮޗޭ ވަނީ ރައީސް މައުމޫންގެ ޒައާމަތުގައި ޑިއާރުޕީގައި ހަރަކާތްތެރިވެ ވަޑައިގެންފަޕއެވެ. އަދި ރައީސް ޔާމިން އުފެއްދި ޕީއޭގައިވެސް އޭނާ މަގާމްތަކެއް ފުރުއްވެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން