އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް (ވ) އާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ކ)
އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް (ވ) އާއި ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ (ކ)
ޑރ. ޢަހްމަދު ޢަބްދުﷲ ދީދީ އަކީ އިސްލާމީ ޝަރީޢަތާއި ދުސްތޫރީ ނިޒާމުގެ ބާރު ކަނޑުވާލި ބޭފުޅެއް ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީޤް ވިދާޅުވެއްޖެއެވެ.

ފުއާދު މިގޮތަށް ވިދާޅުވީ، އިސްލާމީ ޝަރީއަތާއި ދުސްތޫރީ ނިޒާމަށް އަހުލުވެރިނޫން ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ރައީސެއްގެ ގޮތުގައި ހުންނެވުމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމަށް ހުވާ ކޮށްގެން ތިއްބަވާ މަޖިލިސް މެންބަރުންނަށް މަޖިލީހުގެ ބަހުސްތަކުގައި ގުރުއާނުން ހުއްޖަތް ގާއިމު ކުރުމަށް އޮތް ހުރަހެއް ނޫން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުންނެވެ.

އިލެކްޝަން ކޮމިޝަންގެ މެންބަރު ފުވާދު ވިދާޅުވީ، ޑރ. ޢަހްމަދު ޢަބްދުﷲ ދީދީ އަކީ އިސްލާމީ ޝަރީޢަތާއި ދުސްތޫރީ ނިޒާމުގެ ބާރު ކަނޑުވާލި ބޭފުޅެއް ކަމަށެވެ.

"ހިތުހުރި ގޮތަކަށް ޝަރީޢަތް ކުރި ފަނޑިޔާރެއްކަން ދިވެހިން ދަނޭ." ޑރ. ދިދީ އަށް ރައްދު ދެއްވަމުން ފުވާދު ވިދާޅުވިއެވެ.



ސުޕްރީމް ކޯޓުން އަމިއްލައަށް އިސް ނަގައިގެން ބެލި ސޫމޯޓޯ މައްސަލައެއްގައި ސުޕްރީމް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ސުޕްރީމް ކޯޓުން 2014 މާރޗް 09 ވަނަ ދުވަހުގެރޭ ކުރި ހުކުމުން ވަނީ އިލެކްޝަންސް ކޮމިޝަންގެ އޭރުގެ ރައީސް ފުވާދު ތައުފީގާއި، ނައިބް ރައީސް އަހުމަދު ފަޔާޒް ހަސަންގެ ގޮނޑި ގެއްލިފައިވާ ކަަމަށް ކަނޑައަޅައިފަ އެވެ. އަދި އެ މައްސަލައިގައި ކޮމިޝަންގެ ރައީސް ފުވާދު ތައުފީގް ވަނީ ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމް ވެސް ކޮށްފަ އެވެ. ނަމަވެސް އެ ހުކުމަށް އަމަލު ކުރުމަށް ކަނޑަައަޅާފައި ވަނީ ތިން އަހަރު ފަހުންނެވެ.

މި ޙުކުމް ކުރިއިރު، ޑރ. ޢަހްމަދު ޢަބްދުﷲ ދީދީ އަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން