އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމް އަދި މަޝްހޫރު އިލްމުވެރިޔާ ޝައިހް މުހައްމަދު ލަތީފް
އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމް އަދި މަޝްހޫރު އިލްމުވެރިޔާ ޝައިހް މުހައްމަދު ލަތީފް
އިމާމުންނާއި މުދިމުންނަށް ފާޑުކިޔަނީ އުޑެއް ބުޑެއް ނުދަންނަ ޖާހިލުންކަމަށް އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމް އަދި މަޝްހޫރު އިލްމުވެރިޔާ ޝައިހް މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ޝައިހް ލަތީފް މިހެން ވިދާޅުވެފައި މިވަނީ އިމާމުންނާއި މުދިމުންގެ ގަދަރުކުޑަވާގޮތަށް ބިލެއްދޫ ދާއިރާގެ މެމްބަރު ދޮންބިލެތް އަހުމަދު ހަލީމް ވާހަކަފުޅުދައްކާފައިވަނިކޮށެވެ. މަޖިލީހުގައި ވާހަކަ ދައްކަވަމުން ދޮންބިލެތް ވިދާޅުވީ މިރާއްޖެއަށް ލިބުނު އެންމެ ބޮޑު އަނިޔާއަކީ އަޒުހަރުން އައި މުދިމަކަށް ރާއްޖޭގެ ވެރިކަން 30 އަހަރު ކުރުމަށް ފުރުސަތުލިބުން ކަމަށެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ފާޑު ކިޔަމުންނެވެ.

މިގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް ލަތީފް ވިދާޅުވީ، ‏އިސްލާމް ދީނުގައި އިމާމުންނާއި މުދިމުންނަށް ދީފައިވާ މަތިވެރި ދަރަޖައާއި މަޤާމު ނޭނގޭ، އުޑެއްބުޑެއް ނުދަންނަ، އަލިފެއް ބާއެއް ވަކިނުވާ ޖާހިލަކު އެކަމަށް ފާޑުކިއުމަކީ، ޤިޔާމަތް ދުވަހުގައި އެމީހުންގެ ޤަދަރު ކުޑަވާނެ ކަމެއް ނޫންކަމަށެވެ.



ޝައިހް ލަތީފްގެ އިތުރުން ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދުވެސް ވަނީ ދޮންބިލެތުގެ ވާހަކަ ކުއްވެރިކުރަށްވާފައެވެ.

ޑރ. ޝަހީމް ވިދާޅުވީ، ރައީސް މަޢުމޫނާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް އަޒްހަރު ޔުނިވާސިޓީއާއި ރައީސް މަޢުމޫންގެ ޢިލްމީ ފެންވަރަށް ޖޯކްޖެހިގެން ނުވާނެކަމަށެވެ.

"އިސްލާމީ ޤައުމެއްގެ ވެރިއެއް އިމާމްވެ ނަމާދު ކުރުމަކީ ވެރިކަމުގެ ޝަޚްޞިއްޔަތުގެ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއް." ޑރ. ޝަހީމް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ، އަލް އަޒުހަރު ޔުނިވަރސިޓީ އަކީ އިސްލާމީ އުންމަތުގެ އެންމެ ފަޚުރުވެރި އެއްހާސް އަހަރުވީ ޢިލްމީ ކިއްލާ އެއް ކަމަށެވެ. އަދި އެތަނުން ތަޢުލީމް ޙާސިލްކުރެއްވި ބޭފުޅުން ދުނިޔޭގެ އެތަން މިތަނުގައި ޤައުމުތަކުގެ ވެރިންގެ ގޮތުގައްޔާއި އިންސާނިއްޔަތަށް ޚިދުމަތް ކުރެއްވުމުގައި ހަރަކާތްތެރިވަމުން ގެންދަވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ިމުރައްކަބު

28-Nov-2020

ހަމައިން ނެއްޓިފައި ތިބޭ މުރައްކަބު ޖާހިލުންނަކަށް މުދިމުންނަކީ ކޮންބައެއް ކަމެއް ނޭނގޭނެ. 24 ގަޑިއިރު ހަމައިގައި ނުތިބޭ މީހުން އެނގޭނެ. އެހެން އުޅެން އެނގޭނެ.


5

އީޝަ.

28-Nov-2020

އަދި އިތުރު ފަސް އަހަރު އެފެންވަރަށް ވައްކަން ކޮއްދެއްވާނެ ވެރިޔަކު ދިވެހިން މާތްﷲ މިންވަރު ކޮށް ދެއްވާށިއެވެ.އާމީން;


8

މައިތިރި

26-Nov-2020

އުޑާ ބުޑާ ދަންނަވަރުދެއްތޯ ލަދެއްހަޔާތެއްނެތި އަނިޔާވެރި ވަގެއްޕްރޮމޯޓްކުރަންދުވުނީ



ޓްރެންޑިން