ކޯވިޑާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމަށްފަހު އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް އަލުން ހުޅުވާލާފައިވަނީ ކ. އަތޮޅުގައިކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ކ.އަތޮޅުގެ 7 ރަށެއްގައި 37 ގެސްޓްހައުސެއް މިހާރު ވަނީ ހުޅުވާފައެވެ. ދެން އެންމެ ގިނަ އަދަދަކަށް ގެސްޓުހައުސްތައް ހުޅުވާފައި ވަނީ އއ. އަތޮޅުގައެވެ. އެއަތޮޅުގެ 4 ރަށެއްގައި 34 ގެސްޓްހައުސެއްވަނީ އަލުން ހުޅުވާފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ވާވު އަތޮޅުން 12 ގެސްޓް ހައުސަކާއި އދ. އަތޮޅުން 6 ގެސްޓުހައުސަކާއި ބ. އަތޮޅުން 6 ގެސްޓްހައުސަކާއި ޏ. އަތޮޅުން 4 ގެސްޓުހައުސަކާއި، ސ.އަތޮޅުން 2 ގެސްޓުހައުސެއް އަދި ނ. އަތޮޅުން އެއް ގެސްޓުހައުސްވަނީ ހުޅުވާފައެވެ. މިއީ މުޅި ޖުމްލަ 102 ގެސްޓުހައުސެވެ.

މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓް ހައުސްތައް ބަންދުކޮށްފައި ވަނީ މިދިޔަ މާރިޗު މަހުގެ 17ވަނަ ދުވަހުއެވެ. އަދި ގެސްޓްހައުސްތައް އަލުން ހުޅުވީ އޭގެ 212 ދުވަސް ފަހުން މިމަހުގެ 15 ވަނަ ދުވަހުއެވެ.

ގެސްޓް ހައުސްތައް އަލުން ހުޅުވުމަށް މިނިސްޓްރީން ހުއްދަދޭއިރު އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބަލާނީ ރަށު ފެންވަރުގައި ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައި ވޭތޯއެވެ. އެގޮތުން ކަރަންޓީނާއި، އައިސޮލޭޝަންގެ އިންތިޒާމްތަކާއި، ޞިއްޙީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކޮށްފައިވާކަން އެ ރަށެއްގެ ކައުންސިލުން މިނިސްޓްރީއަށް ކަށަވަރުކޮށްދޭންޖެހެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން