ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲ
އިދިކޮޅު ފަރާތްތަކުން ހުށައަޅާފައިވާ ދާޚިލީ ވަޒީރު އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން އާއްމުކޮށްފައިވާ އެޖެންޑާގައި މާދަމާގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން ހުށަހަޅާ ކަންކަމުގެ ތެރޭގައި މިނިސްޓަރ އިމްރާންގެ މައްސަލަ ވަނީ ހިމަނުއްވާފައެވެ.

މި މައްސަލައިގެ ބަހުސަށް މަޖިލީހުގެ އާންމު ކޮމިޓީން ކަނޑައަޅާފައިވަނީ ދެ ގަޑިއިރެވެ. މީގެ އިތުރުން މައްސަލާގައި ޖަވާބުދާރީވުމަށް މިނިސްޓަރ އިމްރާނަށް ބަހުސް ފުށުމާއެކު 10 މިނެޓް ގެ ފުރުސަތު ދިނުމަށާއި އަދި ބަހުސްގެ މެދުތެރެއިން އިތުރު 10 މިނެޓާއި، ބަހުސް ނިމުމުން އިތުރު 10 މިނެޓާއެކު ޖުމްލަ 30 މިނެޓް ދިނުމަށް ކޮމިޓީން ވަނީ ކަނޑައަޅައިފަ އެވެ.

މާދަމާގެ މަޖިލީހުގެ ޖަލްސާއަށް މި މައްސަލަ އެޖެންޑާ ކޮށްފައިވާއިރު، އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ނިންމާފައިވަނީ މިނިސްޓަރ އިމްރާނަށް އިތުބާރު އޮތްކަމަށެވެ.

އިދިކޮޅު ކޯލިޝަންގެ ނުވަ މެންބަރުންނާއި، ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ހިމެނޭ ގޮތުން ޖުމްލަ 11 މެންބަރުންގެ ސޮޔާއެކު ހޯމް މިނިސްޓަރު އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ ހުސްވި މަހުގެ 26 ވަނަ ދުވަހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން