ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (ކ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ)
ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް (ކ) އާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް (ވ)
ރައްޔިތުން ތިބީ ވާނުވާއެނގި ރޯފިލާފައިކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަޙްމަދު ޝިޔާމް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރައީސް ޔާމީން ވެރިކަން ދޫކުރަށްވާ ވަޑައިގެންނެވި އިރު ދަޢުލަތް 60 ބިލިއަން ރުފިޔާއަށް ދަރުވާލާފައި ވާކަމަށާއި، ޔާމީން ވަޑައިގަތީ ރާއްޖޭގެ ފަޅުރަށްތައް ނުއަގުގައި ވިއްކެވުމަށްފަހު، އެ ފައިސާވެސް ހިއްޕަވައިގެން ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވައި ޕީޕީއެމްގެ ނައިބުރައީސް އަޙްމަދު ޝިޔާމް ވިދާޅުވީ، މިއީ ދުރުމާޒީވެސް ރައްޔިތުންނަށް އޮޅުވާނުލެވޭނެ ޒަމާނެއް ކަަމށެވެ. އެހެން ކަމުން އިއްޔެ މެންދުރުގެ ކަންތައްތައް ޢަމުދުން ރައްޔިތުންނަށް އޮޅުވާލާނީ ކިހިނެއްތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ.

"ރައްޔިތުންނަށް ވާނުވާވެސް އަދި ތަންދޮރުވެސް ރޯފިލާ." ޝިޔާމް ވިދާޅުވިއެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ދަރަނިބޮޑު ކަމަށާއި، އެވާހަކަ ވަރަށް ރަނގަޅަށް ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނީގެ ގޮތުގައި އޮތީ 26 ބިލިއަން ރުފިޔާކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ރައީސް ޔާމީން ވެރިކަމުން ފައިބައިވަޑައިގެންނެވި އިރު ދަޢުލަތުގެ ދަރަނި 60 ބިލިއަން ރުފިޔާ އަށް އަރައިފި ކަމަށާއި، މި ސަރުކާރުން ދަރަނީގެ ގޮތުގައި ނެގީ 15 ބިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި 2008 ވަނަ އަހަރު އެމްޑީޕީން ވެރިކަމާ ޙަވާލުވީއިރު ދަޢުލަތުގެ ދަރަނި އޮތީ 6.5 ބިލިއަން ރުފިޔާގައި ކަމަށާއި، އެމްޑީޕީގެ ވެރިކަން 2012 ގައި ނިމުނުއިރު 26 ބިލިއަނަށް ދަރަނި އަރާ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން މި ސަރުކާރު ވެރިކަމަށް އައި އިރު ދަޢުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާއި، މިދަތިޙާލުގައިވެސް ދަޢުލަތުގެ ރިޒާވްގައި 250 މިލިއަން ޑޮލަރު ހުންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވެރިކަމުން ވަޑައިގެންނެވީ އެމަނިކުފާނުގެ ވެރިކަމުގައި ނުއަގުގައި ވިއްކި 85 ރަށުގެގެ ފައިސާކޮޅު ވެސް ހިއްޕަވައިގެން ކަމަށާއި، މި ސަރުކާރުން އަދި ފަތުރުވެރިކަމަށް އެންމެ ފަޅު ރަށެއްވެސް ދޫކޮށްފައި ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

ޝިޔާމު މިވާހަކަ ދައްކަވާފައިވަނީ ރައީސް ޞާލިޙު ދެ މަގާމެއްގައި ސަރުކާރުގެ ދަރަންޏާ ބެހޭގޮތުން ދެގޮތަކަށް ވާހަކަ ދައްކަވާ ވިޑިއޯ ކޮޅަކާއެކުގައެވެ. އެގޮތުން ހަތެއް ފެބްރުއަރީގައި ރިޔަސީ ބަޔާން ދެއްވަމުން އެމަނިކުފަނު ވިދާޅުވަނީ 2018 ވަނަ އަހަރު ނިމުނުއިރު ދައުލަތުގެ ދަރަނި ހުރީ 47.9 ބިލިއަން ރުފިޔާ ގައި ކަމަށެވެ. ނަމަވެސް ހުސްވި ހަފުތާގައި ހޯރަފުށީ އެއަރޕޯރޓް ހުޅުއްވައި ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރައީސް ޔާމިން ވެރިކަމުން ފައިބައި ވަޑައިގެންނެވީ 60 ބިލިއަން ރުފިޔާއިން ދައުލަތް ދަރުވާލާފައި ކަމަށެވެ.

ރައީސް ޔާމިންގެ ވެރިކަން ނިމި ރައީސް ޞާލިހު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވީ 17 ނޮވެންބަރު 2018 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން