ޕީއެންސީގެ ނައިބު ރައީސް ރައީސް އިބްރާހިމް ޝުޖާއު
ޕީއެންސީގެ ނައިބު ރައީސް ރައީސް އިބްރާހިމް ޝުޖާއު
ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައިވާކަމަށް ޕީޕީއެމުން ބުނެފިއެވެ.

ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ 14:30 އަށެވެ.

ޝުޖާއު ފުލުހަށް ހާޒިރުކުރުމަށް އަންގާފައިވަނީ ނަސްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި އެއްވުމާ ގުޅިގެންނެވެ. މީގެ ކުރިންވެސް މި މައްސަލާގައި ޝުޖާއު ފުލުހަށް ޙާޟިރުވުމަށް އެންގިއެވެ. ނަމަވެސް ފަހުން އެ އެންގުން ވަނީ ކެންސަލް ކޮށްފައެވެ.

ބަޑި ބުރާސްފަތީގެ ނަމުގައި އިދިކޮޅު ކޯލިޝަނުން މުޒާހަރާއެއް ބާއްވާފައިވަނީ އެޗްޕީއޭ އިން އެ މުޒާހަރާ ނުބޭއްވުމަށް އަންގާފައި ވަނިކޮށެވެ. އެރޭގެ މުޒާހަރާ އާއި ގުޅިގެން ޝުޖާއުގެ އިތުރުން ޕީއެންސީގެ ކައުންސިލް މެމްބަރު ނަބީލްވެސް ފުލުހުން ހައްޔަރުކުރިއެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ޚިލާފަށް އިދިކޮޅު ކޯލިޝަނުން ބޭއްވި ސައިކަލު ބުރާއި ގުޅިގެން، ޝުޖާއު ވަނީ 1000 ރުފިޔާއިން ޖޫރިމަނާވެސް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން