މާޝާ މިދުހަތު   21 ނޮވެމްބަރު 2020 - 14:13
ޓޮރޮންޓޯގެ އޮންޓާރިއޯ ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޑޮގް ފޯޑް
ޓޮރޮންޓޯގެ އޮންޓާރިއޯ ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޑޮގް ފޯޑް
ކެނެޑާގެ އެންމެ ބޮޑު ސިޓީ، ޓޮރޮންޓޯގައި ކޮވިޑް ޖެހޭ މީހުން ގިނަވެ އަލުން ލޮކްޑައުންއަކަށް ދިއުމަށް އިއުލާންކޮށްފިއެވެ.

މިގޮތުން ހޯމަދުވަހުން ފެށިގެން 28 ދުވަހަށް ޓޮރޮންޓޯ އަލުން ލޮކްޑައުން ކުރާ ގޮތަށް މިހާރުވަނީ ނިންމާފައެވެ. ޓޮރޮންޓޯ އަލުން ލޮކްޑައުން ކުރާކަމަށް އިއުލާންކޮށްފައިވަނީ ޓޮރޮންޓޯގެ އޮންޓާރިއޯ ޕްރޮވިންސްގެ ޗީފް މިނިސްޓަރުގެ އޮފީހުންނެވެ. އަދި މި ލޮކްޑައުންއަކީ ހޮސްޕިޓަލު ތަކާއި ދުވަސްވީ މީހުން ބަލަހައްޓައިދޭ ތަންތަނާއި ޓޮރޮންޓޯގެ ހުރިހާ އެންމެންނަށްވެސް މިވަގުތު އެންމެ ރައްކާތެރި ގޮތް ކަމަށް އޮންޓާރިއޯ ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޑޮގް ފޯޑް ވިދާޅުވެފައިވެއެވެ.

"ޕްރޮވިންސްތައް އެކަނި ލޮކްޑައުން ކޮށްގެން މާބޮޑު ފައިދާއެއް ނެތް. ކޮވިޑް ޖެހޭ މީހުންގެ އަދަދު މައްޗަށް ދާ މިދަނޑިވަޅުގައި ހަރުކަށި ފިޔަވަޅު އަޅައިގެން ވިޔަސް މުހިންމީ ބަލި ފެތުރުން ކޮންޓްރޯލް ކުރުން." އޮންޓާރިއޯ ޕްރޮވިންސްގެ ޗީފް މިނިސްޓަރު ޑޮގް ފޯޑް ވިދާޅުވެފައިވެއެވެ.

ޓޮރޮންޓޯގެ ލޮކްޑައުންއާއެކު އާންމުސަރަހައްދު ތަކުގެތެރެއިން ބަންދުވެފައި ހުންނަ ތަންތަނުގައި ތިބެވޭނީ އެއްގެއެއްގެ މީހުންނަށް އެކަންޏެވެ. އެހެނިހެން އާންމު ސަރަހައްދުތަކުގައި ހަރަކާތްތެރިވެވޭވީ ގިނަވެގެން 10 މީހުންނަށެވެ. މީގެ އިތުރުން ރެސްޓޯރަންޓް ކެފޭ ފަދަ ތަންނުން ހިދުމަތް ދެވޭނީ ޓޭކް އަވޭ ނުވަތަ ޑެލިވަރީ އަށް އެކަންޏެވެ. ފިހާރަތަކުންވެސް ހިދުމަތަށް އެދި ވަދެވޭނީ އެއްފަހަރާ ހިދުމަތް ދެވޭނެ މީހުންގެ ތެރެއިން 50 އިންސައްތަ މީހުންނަށެވެ.

ޓޮރޮންޓޯގެ ލޮކްޑައުންގެ މުއްދަތުގައި ސްކޫލް ތަކާއި ޑޭކެއަރ ސެންޓަރުތަކެއް ބަންދެއް ނުކުރާނެއެވެ. ނަމަވެސް ދަށުގެ ގްރޭޑް ތަކަށް ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ.

މީގެ އިތުރުން، ޓޮރޮންޓޯގެ ބައެއް ޕްރޮވިންސްތަކުގައި ލޮކްޑައުންގެ އިތުރު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ހަމަޖެހިފައިވާކަމަށްވެސް ޓޮރޮންޓޯ އަލުން ލޮކްޑައުންއަކަށް ދިއުމަށް ކޮށްފައިވާ އިއުލާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


13

ކޮވިޑްބެ

25-Nov-2020

ސުުރުޚީ ފެނުމާއެކުވެސް މަގޭހިތަށްެއެރީ ނުޒުލާ އުފާވާނެ ވަރު,


16

ކޮވިޑްބެ

25-Nov-2020

ސުުރުޚީ ފެނުމާއެކުވެސް މަގޭހިތަށްެއެރީ ނުޒުލާ އުފާވާނެ ވަރު,



ޓްރެންޑިން