އަންނަ އަހަރުގެ އޭޕްރީލް މަހު، އޮކްސްފޯޑުގެ ވެކްސިން އިންޑިޔާގެ އާންމު ރައްޔިތުންނަށް ލިބޭނެކަމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއިން ހާމަކޮށްފިއެވެ.

މިގޮތުން އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން އިންޑިޔާގެ އާންމު ރައްޔިތުންނަށް އޮކްސްފޯޑުގެ ވެކްސިން ގަންނަން ލިބޭނެ ކަމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއިން ހާމަކޮށްފައިވެއެވެ. އަދި މި ވެކްސިން ވިއްކުމަށް ހަމަޖެހިފައިވަނީ 1000 އިންޑިއަން ރުޕީސްއަށްކަމަށްވެއެވެ.

އިންޑިޔާގައި ވެކްސިން ވިއްކުމަށް ނިންމަވާފައިވަނީ އިންޑިޔާއަށް ވެކްސިން ހިލޭ ނުލިބޭތީ ކަމަށް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާގެ ސީއީއޯ އަދަރު ޕޫނަވައްލަ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އަންނަ އަހަރު ފެބްރުއަރީ މަހު، ހެލްތު ވޯކަރުންނަށާއި، ދުވަސްވީ މީހުންނަށް، އޮކްސްފޯޑުގެ ވެކްސިން ލިބޭނެކަމަށްވެސް ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިޔާއިން ހާމަކޮށްފައިވެއެވެ. އަދި 2024 ވަނަ އަހަރާއި ހަމައަށް އިންޑިޔާގެ ހުރިހާ އެންމެންނަށް ވެކްސިން ދެވޭނެކަމަށް އެ އިންސްޓިޓިއުޓުންގެ ސީއީއޯ އަދަރު ޕޫނަވައްލަ، ލަފާކޮށްފައިވެއެވެ.

އޮކްސްފޯޑު އަދި އެސްޓްރަރ ޒެނެކާގެ ވެކްސިން އަކީ ރައްކާތެެރި ވެކްސިނެއް ކަމަށް ދެކޭ ކަމަށާއި، ވެކްސިންގެ ތަހުލީލުތަކުގެ ނަތީޖާއިންވެސް މިވެކްސިން އަކީ ރައްކާތެެރި ވެކްސިނެއްގެ ގޮތުގައި ހާމަވާކަމަށް އަދަރު ޕޫނަވައްލަ ވިދާޅުވެފައިވެއެވެ. އަދި މިވެކްސިނުގެ ރައްކާތެރިކަން ދެމިއޮންނާނެ ދުވަހެއް އިނގޭނީ ވެކްސިނުގެ އަޖުމަ ބަލައިލެވުމުންކަމަށްވެސް ޕޫނަވައްލަ ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން