ރާއްޖެއިން ސްރީލަންކާއަށް މަސް އެކްސްޕޯޓްކުރުން މަނާކުުރަން ނިންމާފައިނުވާކަން ސްރީލަންކާގެ ސަރުކާރުން ޔަޤީންކޮށްދީފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެއިން މަހާއި މަހުގެ އުފެއްދުންތައް އެތެރެކުރުން މަނާނުކުރަން ސްރީލަންކާގެ ސަރުކާރުން ނިންމެވި ނިންމެވުމަށް ވަނީ މަރުހަބާ ދަންނަވާފައެވެ.



ލަންކާއަށް މަސް އެކްސްޕޯޓްކުރުމަށް މިފަހުން ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ސްރީލަންކާ ސަރުކާރުން އެޤައުމުގެ މަސްވެރިންނަށް ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަށްޓަކައި އެހެން ޤައުމުތަކުން މަހާއި މަހުގެ އުފެއްދުންތައް އެތެރެކުރުން ހުއްޓާލުމަށް ވާހަކަދެކެވުނުއިރު، އެޤައުމަށް މިހާރު އެތެރެކުރާ މަހުގެ ބާވަތްތަކުން ނަގާ ޓެކްސްވެސް ވަނީ ބޮޑުކޮށްފައެވެ. އެހެންކަމުން ރާއްޖެއިން ލަންކާއަށް މަސް އެކްސްޕޯޓްކުރުން މަނާނުވިޔަސް، ރާއްޖެއިން ލަންކާއަށް އެތެރެކުރާ މަހުން ނަގާ ޓެކްސްތައް އެތައް ގުނައެއް ބޮޑުވުމަކީ މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ކުރިމަތިވާނޭ ގެއްލުމެކެވެ.

ލަންކާއަށް މަސް އެކްސްޕޯޓް ކުރުން މަނާކޮށްފައިވާ ކަމަށް ބުނެ ރާއްޖޭގައި ލޮނުމަހާއި ކަނޑުމަސް އުފައްދަ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން