މާޝާ މިދުހަތު   19 ނޮވެމްބަރު 2020 - 10:36
ޓްވިޓަރގެ އާ ފީޗާ، ޓްވިޓަރ 'ފްލީޓް' ތައާރަފް ކުރުމުގެ ތެރެއިން.
ޓްވިޓަރގެ އާ ފީޗާ، ޓްވިޓަރ 'ފްލީޓް' ތައާރަފް ކުރުމުގެ ތެރެއިން.
ޓްވިޓަރ އަށް ގެނެވުނު އާ ބަދަލާއެކު 'ފްލީޓް' ގެ ނަމުން އާ ފީޗާ އެއް ތައާރަފް ކޮށްފައިވެއެވެ. ނަމަވެސް އަލަށް ތައާރަފް ކޮށްފައިވާ ފީޗާ، 'ފްލީޓް' ވެގެންދިޔައީ ގިނަބަޔަކަށް ކަމުދިޔަ ފީޗާއެއްގެ ގޮތުގައެއް ނޫނެވެ.

ޓްވިޓަރ ފްލީޓް ގައި ފޮޓޯ އަދި ވީޑިޔޯ ހިއްސާ ކުރެވޭ އިރު މި ފޮޓޯތަކާއި ވީޑިއޯތައް ފެންނަނީ 24 ގަޑި އިރަށް އެކަންޏެވެ. މި ފީޗާ ތައާރަފް ކޮށްދެމުން މިއީ ޓްވީޓާގެ އެކި މުއާމަލާތްތަކުގައި ބައިވެރިވާން ނުކެރޭމީހުންނަށް ހިތްވަރުދިނުމުގެ ގޮތުން ތައާރަފް ކޮށްފައިވާ ބަދަލެއް ކަމަށް ޓްވީޓާއިން ހާމަކޮށްފައިވެއެވެ.

ނަމަވެސް ގިނަ ބަޔަކު ދެކޭގޮތުގައި ޓްވިޓަރ ފްލީޓް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތުބޮޑެވެ. އަދި ޓްވިޓަރ ފްލީޓަށް ލާފައި ހުންނަ ފޮޓޯ އަދި ވީޑިޔޯއަށް ކޮމެންޓު ކުރުމުން ސީދާ އިންބޮކްސްއަށް ދިޔުމާއި ޓްވިޓަރގައި ބްލޮކްކޮށްފައި ތިބޭމީހުން ޓެގް ކުރުމުން ޓްވިޓަރ ފްލީޓަށް ލާފައި ހުންނަ ފޮޓޯ އަދި ވީޑިޔޯ އެމީހުންނަށް ވެސް ފެންނަމުންދާތީ އެއީވެވެސް މާގަޔާވާކަމަކަށް ނުވިއެވެ.

މީގެ އިތުރުން، ޓްވިޓަރ ފްލީޓް އަކީ އިންސްޓަގްރާމް، ފޭސްބުކް، ސްނެޕް ޗެޓް، ފަދަ އެޕް ތަކުގައި ހިމެނޭ ސްޓޯރީ ފީޗާ އާއި އެއްގޮތް ފީޗާއެއްކަމަށް ބުނެ ގިނަބަޔަކު ދަނީ ޓްވިޓަރ އަށް ފާޑުކިޔަމުންނެވެ. މިއާއެކު މި އެޕްތަކުގެ ސްޓޯރީ އިން ސަލާމަތްވުމަށް ޓްވިޓަރ އައުމުން، ސްޓޯރީ ފީޗާ އާއި އެއްގޮތަށް ހުރި ފީޗާއެއް ޓްވިޓަރ އިން ފެނުމުން ކަމުނުދާކަމަށްވެސް ގިނަ ބަޔަކު ފާހަގަކޮށްފައިވެއެވެ.

ޓްވިޓަރ ބޭނުން ކުރާ ފަރާތްތަކުގެ މެދުގައި ޓްވިޓަރގެ އާ ފީޗާ، ޓްވިޓަރ ފްލީޓް، މާގަޔާވާ ބަދަލަކަށް ނުވާއިރު، ޓްވިޓަރގެ އާ ފީޗާއެއްގެ ގޮތުގައި ޓްވީޓްތައް އެޑިޓް ކުރެވޭ ގޮތް ހަދައިދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ޓްވިޓަރ އިން ގެނައި މިބަދަލާ އެކު ޕްރެޝަރ ބޮޑުވެ، ޓްވިޓަރ އިން ވަނީ ފާޑުކިޔުމަށް މަރުހަބާ ކިޔައި، ޓްވިޓަރ ބޭނުން ކުރާ ފަރާތްތަކަށް ރައްކާތެރި އެޕަކަށް ހެދުމަށް މަސައްކަތް ކުރާކަމަށް ހާމަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން