އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ (ކ). އާއި އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން (ވ)
އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ (ކ). އާއި އެމްއާރުއެމްގެ ރައީސް، ރައީސް މައުމޫން (ވ)
މި ސަރުކާރަށް ވައްކަމެއްވެސް ނުބެލުނު ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަޙުނުކުރުމަށްފަހު ސަރުކާރުން 300 މިލިއަން ޑޮލަރުގެ ސުކޫކެއް އިޝޫކުރުމަށް މަސައްކަތް ކުރާކަމަށް ދެކެވޭ ވާހަކަތަކާގުޅިގެން ކުރެއްވި ޓްވީޓެއްގައި ރައީސް މައުމޫންގެ އެމްއާރުއެމްގެ ނައިބު ރައީސް އާމިނަތު ނާދިރާ ވަނީ، ދަރުމަވަންތަ ހޮސްޕިޓަލްގެ ކޮރަޕްޝަންތައް ބަލާ މިހާރު ނިމުނީތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

އަދި ސަރުކާރުގެ ވަޢުދުތައް ފުއްދަމުން މިދަނީ ރަނުން ރަނަށް ކަމަށާއި، ވައްކަންވެސް ނުބެލުނު ކަމަށާއި، ކޮރަޕްޝަންވެސް ފަސްއެޅި ނިމިފައިވާ ކަމަށް ނާދިރާ ވިދާޅުވިއެވެ.

ސުކޫކް އިޝޫކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލްގެ ރަޖިސްޓްރީ ބަދަލު ކުރުމާ ގުޅޭ ގޮތުން މާލީ ވަޒީރު އަމީރު ސޮއިކުރަށްވާފައިވާ ސިޓީއެއް ޢާއްމުވެފައިވާއިރު، އެ ސިޓީގައި ބުނެފައިވަނީ ދައުލަތަށް ބޭނުންވާ ފައިސާ ހޯދުމަށް ބައިނަލްއަޤްވާމީ ބާޒާރަށް 300 މިލިއަން ޑޮލަރުގެ ސްކޫކެއް ވިއްކުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށެވެ. އަދި އިސްލާމީ ޝަރީއާގެ ހަމަތަކުގެ މަތިން މި ސުކޫކް ވިއްކުމަށް 100 ޕަސަންޓް ސަރުކާރު ހިއްސާވާ އެސްޕީވީއެއް ހެދުމަށްފަހު ސްކޫކުގެ 51 އިންސައްތައަށްވުރެ މަތިން އަގުކުރެވޭ އެސެޓެއް (ދަރުމަވަންތަ ހޮސްޕިޓަލް) ގެ ބެނެފިޝަލް އޯނަރޝިޕް (މިލްކުވެރިކަން) މި އެސްވީޕީއަށް ބަދަލުކުރަންޖެހޭކަމަށެވެ.

ފިނޭންސް މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 2017 ވަނަ އަހަރުވެސް ދައުލަތަށް ފައިސާ ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސްގެ އިމާރާތް ބޭނުންކޮށްގެން އެފަދަ ސުކޫކެއް ވިއްކުމުގެ މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް އެއިރު ގާނޫނީ ގޮތުން ދިމާވި ގޮންޖެހުންތަކަކާއި ހެދި ސުކޫކު އިޝޫކުރެވޭ ގޮތް ނުވީ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު


3

ސޮމެޮނެ

18-Nov-2020

ނާދިރާ ސަސްޕެންޑު ކުރެވިދާނެ..



ޓްރެންޑިން