ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް ކުރި މުޒާހަރާއެއްގެ ތެރެއިން (ފޮޓޯ: ސޯޝަލް މީޑިއާ)
ގދ. ތިނަދޫގައި ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލައެއް ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ބަލަން ފަށައިފިއެވެ.

އެކަމާގުޅިގެން ފުލުހުން ބުނީ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކަށް އަނިޔާ ކުރަމުންދާ މައްސަލައެއް ރޭ އެ ރަށު ޕޮލިސް ސްޓޭޝަނަށް ހުށަހަޅާފައިވާ ކަމަށާއި، މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށެވެ. އަދި އަނިޔާ ލިބުނު ކުއްޖާއަށް ރައްކާތެރިކަން ދިންކަން ކަށަވަރުކޮށްފައިވާ ކަމަށާއި ޖެންޑަރ މިނިސްޓްރީން ވެސް މިކަމުގައި ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.



ފުލުހުންގެ އިތުރުން ޖެންޑާ މިނިސްޓްރީން ވެސް ބުނެފައިވަނީ، މި މައްސަލަ ބަލަމުންދާ ކަމަށާއި، މި މައްސަލާގައި ޝާމިލުވާ ކުޑަކުއްޖާއަށް އެ މިނިސްޓްރީން ރައްކާތެރިކަން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.



މި މައްސަލަ ރޭގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅީ އާންމުންގެ މީހެކެވެ. ސޯޝަލް މީޑިއާގައި އޭނާ ބުނެފައިވަނީ ކުޑަ ކުއްޖަކަށް އަނިޔާކުރާކަމަށް ބެލޭވިގެން އެމައްސަލަ އެރަށުގެ ފުލުހުންނަށް ރިޕޯޓް ކުރި ކަމަށެވެ. ތިން ވަނަ ފަންގިފިލާއާއި ހަމައަށް ކުއްޖަކު ރޮއި އާދޭސް ކުރާ އަޑު އޭނާއަށް އިވިފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. ނަމަވެސް ފަހުން އޭނާ އެ ޓްވީޓް ޑިލީޓް ކޮށްލި ކަމަށާއި ޑިލީޓްކޮށްލީ އޭނާގެ ޓްވީޓާ ގުޅިގެން މީހުން ކުރި ކޮމެންޓް ތަކުގައި އެ އާއިލާގެ ނަން ބޭނުން ކޮށްފައިވާތީ ކަމަށް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން