މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލު
މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުހައްމަދު މަލީހު ޖަމާލް ގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުގެ މެޖޯރިޓީ ޕާޓީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕަށް ހުށައަޅައިފިއެވެ.

10 މެމްބަރުންގެ ސޮޔާއެކު މި މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށައަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަޙްމަދު ނަސީމެވެ. މަލީހްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށައަޅާފައިވާ މި ދަނޑިވަޅަކީ ސަރުކާރު ހިންގަންވީގޮތް މަޖިލީހަށް ނޭނގޭނެ ކަމަށް މަލީހް ވިދާޅުވި މައްސަލައެއް ހޫނުވެ، އެމްޑީޕީގެ މެމްބަރުންނާއި މަލީހް އާއި ދެމެދު ނުތަނަވަސްކަމެއް އުފެދިފައިވާ ދަނޑިވަޅެކެވެ.

އެމްޑިީޕީގެ ޕާލަމެންޓްރީ ގްރޫޕަށް މީކާއީލް ހުށައެޅުއްވި މައްސަލާގައި ބުނެފައިވަނީ، ޓެލެކޮމިއުނިކޭޝަން ގާނޫނުގެ ދަށުން ކޮމިއުނިކޭޝަން އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް ދެ އަހަރު ވެގެންދިޔައިރު ވެސް ހަދާފައި ނުވާ ކަމަށެވެ. އަދި އެ ގާނޫނުން ހަދަން ލާޒިމްކޮށްފައިވާ ގަވައިދުތައް ނުހެދި ލަސްވެގެންދާ ކޮންމެ ދުވަހަކީ ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެތައް ގެއްލުންތަކެއް ކުރިމަތިކުރުވާ ކަމެއް ކަމަށާއި، އެ ގަވައިދުތަކަކީ ރާއްޖޭގެ ޓެލެކޮމް ސިނާއަތް ފުރިހަމައަށް ރެގިއުލޭޓްކޮށް ހިންގުމަށް ކޮންމެހެން ބޭނުންވާ ގަވައިދު ތަކެއް ކަމަށެވެ.

ހަމައެއާއެކު އެ ގަވައިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް މިނިސްޓަރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ ކަމަށާއި އަދި އެކަމަށް ހުރަސް އަޅާފައިވާކަން ސާބިތުވާތީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަޤާމުން މުޙައްމަދު މަލީޙް ޖަމާލް ވަކިކުރުމަށް ހުށައަޅާކަމަށެވެ.



ހަމައެއާއެކު މަލީހް ވަކިކުރުމަށް ގިނަ ޢަދަދެއްގެ ރައްޔިތުން އެދެމުން ދާކަމަށާއި، އޭނާ މަޤާމުގައި ބެހެއްޓުމަކީ އެމްޑީޕީގެ އިތުބާރު އޮތް ކަމެއް ނޫން ކަމަށް މީކާއިލް ހުށައެޅި މައްސަލާގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި މިނިސްޓަރުކަމުގެ މަޤާމަށް ވަޑައިގެންނެވި މަލީހު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ޤާނޫނު ހަދާ ބާރުކަމަށާއި ޤާނޫނު ހައްދަވާ ބޭފުޅުން ހައްދަވާނީ ޤާނޫނުކަމަށެވެ. އަދި އެބޭފުޅުން ސަރުކާރު ހިންގެވުމުގެ ކަންކަމުގައި އުޅުއްވާކަށް ނުޖެހޭނެކަމަށްވެސް މަލީހް ވިދާޅުވިއެވެ. ނަމަވެސް މިއަދު މަޖިލީހުގެ ބައެއް ބޭފުޅުން އަމަލުކުރައްވަނީ އެއާ މުޅިން ހިލާފަށްކަމަށާއި، ސަރުކާރު ހިންގަންވީ ގޮތް މަޖިލީހަށް ކަނޑަނޭޅޭނެކަމަށް މަލީހް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް އަމާޒުކޮށް ވަރުގަދަ ބަހުގެ ހަމަލާތަކެއް މަލީހު ދެއްވާފައިވާއިރު، އިންޓަނެޓްގެ ޚިދުމަތުގެ އަގުގެ މައްސަލައިގައި މަލީހުއަކީ މަޖިލީހުގައި ހިމެނޭ އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންގެ އިތުރުން އާންމު ރައްޔިތުންގެ ވެސް ފާޑު ކިޔުން ވަރަށް ބޮޑަށް އަމާޒުވަމުންދާ ބޭފުޅެކެވެ. މަލީހް ވިދާޅުވީ ފާޑު ކިޔުމަކީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް ގިނަ ފަހަރު ފާޑު ކިޔަނީ ހަޤީޤަތާއި ޚިލާފަށް، އަސްލެއް ނެތް ވާހަކަތަކެއްގެ މައްޗަށް ބިނާކޮށްކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން