ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (ކ) އާއި، މިނިސްޓަރ މާރިޔާ (ވ)
ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ (ކ) އާއި، މިނިސްޓަރ މާރިޔާ (ވ)
މުހިއްމީ މީހާ ކުރާ މަސައްކަތްކަމަށާއި، ކަންކުރާ މީހާ މުހިއްމު ނޫން ކަމަށް ވިދާޅުވެ ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާއަށް ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ ވަރަށް ބޮޑަށް ތަޢުރީފް ކުރަށްވައިފިއެވެ.

މިނިސްޓަރު ކަން ލިބިވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުންނަށް ވާތީ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވި ވާހަކަތަކާއި ގުޅޭ ހަބަރެއް ރީޓްވީޓް ކުރަށްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ކަން ކުރަނީ ކާކުކަން މުހިންމު ނޫން ކަމަށާއި، މުހިންމީ މީހާކުރާ މަސައްކަތް ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީ ހިންގާ ގޮތާމެދު ރައްޔިތުންގެ ޝަކުވާއެއް އޮތްކަމަށް ފެނިވަޑައި ނުގަންނަވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"މަޖިލީހުން އެދިވަޑައިގެން ކޮންމެ ފަހަރަކު ވަނީ ފުރިހަމައަށް ޖަވާބުދާރީވެފަ. ކޮރަޕްޝަންގެ ތުހުމަތެއް ނެތް." ނަހުލާ އަށް ތަޢުރީފް ކުރަށްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމްގެ ކެބިނެޓުން ޖާގަ ލިބިވަޑައިގެންނެވި ގޮތާމެދު ޕީއެސްއެމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަހުލާ ވިދާޅުވީ، ކެބިނެޓުން ޖާގަ ލިބިވަޑައިގަތީ ވަކި މީހެއްގެ އަނތްބަކަށް ވުމުން ކަމަށް ޤަބޫލު ނުކުރަށްވާ ކަމަށެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ކެބިނެޓަށް ވަޒީރަކު އައްޔަން ކުރާނެ ކަމަކަށް ވަކި މީހެއްގެ އަނތްބަކަށް ވެގެން." ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ވަޒީރު ކަމުގައި ހުންނެވި ޕާޓީގެ ލީޑަރު ގާސިމުގެ އަނބިކަނބަލުން ނަހުލާ ވިދާޅުވިއެވެ.

ގާސިމްގެ އަނބިކަނބަލަކަށް މި ސަރުކާރުގެ ކެބިނެޓްގެ މަގާމެއް ލިބިވަޑައިގެންނެވުމުން މީގެ ކުރިން ސަރުކާރަށް ފާޑުކިއުން އަމާޒުވިއެވެ. ނަމަވެސް ރައީސް އިބްރާހީމްގެ 100 ދުވަހުގެ ވަޢުދުތައް ފުއްދެވުމުގައި ތަފާތު ދައްކަވައި ނަހުލާވަނީ އެކަމަނާގެ ޤާބިލްކަން ސާބިތުކޮށްދެއްވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު


-1

ފާތުން

17-Nov-2020

އެއީ ވަރައް ބޮޑު ތެދެއް މިނިސްޓަރ ނަހުލާ އަކީ ކަމައް ވަރައް ގާބިލު ހިންގުންތެރި ބޭފުޅެއް ހަމަ އަސްސަރިބަހުން ސާބަސް



ޓްރެންޑިން