ޖީ-20 ގައުމު ތަކުގެ އިއްތިހާދުގެ ވަރޗުއަލް ބައްދަލުވުމެއްގެ ތެރެއިން.
ޖީ-20 ގައުމު ތަކުގެ އިއްތިހާދުގެ ވަރޗުއަލް ބައްދަލުވުމެއްގެ ތެރެއިން.
ކޮވިޑުގެ ސަބަބުން އިޤްތިސާދު ހީނަރު ވެފައިވާ ގައުމު ތަކުގެ ދަރަނި ލުއިކޮށްދިނުމަށް ޖީ-20 ގެ ގައުމު ތަކުގެ އިއްތިހާދުން ނިންމައިފިއެވެ.

ޖީ-20 ގެ ގައުމު ތަކުގެ އިއްތިހާދުގެ މާލީ ވަޒީރުންނާއި ސެންޓްރަލް ބޭންކުތަކުގެ ގަވަރުނަރުންގެ ބައްދަލުވުމަށްފަހު އާންމުކޮށްފައިވާ ލިޔުމުގައި ވާގޮތުން ކޮވިޑުގެ ސަބަބުން ކުދިގައުމު ތަކުގެ އިޤްތިސާދު ހީނަރު ވެފައިވާ ކަމަށާއި އަދި މިފަދަ ގައުމުތަކުގެ ދަރަނި ލުއިކޮށްދިނުމަށް ނިންމަވާފައިވާ ކަމަށެވެ. މިގޮތުން ދަރަނި ދައްކާ ހަލާސް ކުރުމުގެ މުއްދަތު 2021 ވަނަ އަހަރުގެ މެދަށް ވުރެ އިތުރުކުރުމަށް ނިންމަވާފައިވެއެވެ.

މީގެ އިތުރުން ކޮވިޑުގެ ސަބަބުން ކުރިމަތިވެފައިވާ އިގްްތިސާދީ ގޮންޖެހުންތަކަށް ބަލައި ދަރަނިތައް މައާފު ކޮށްދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ޖީ-20 ގެ ގައުމު ތަކުގެ އިއްތިހާދުން އާންމުކޮށްފައިވާ ލިޔުމުގައިވެއެވެ. ނަމަވެސް ދަރަނިތައް ލުއިކޮށްދެެނީ ދަރަނި ދޫކޮށްފައިވާ ކޮން ގައުމުތަކަކުން ނުތަވަ ކޮން އިދާރާތަކަކުން ކަމެއް ޖީ-20 ގައުމު ތަކުގެ އިއްތިހާދުން ތަފްސީލުކޮށްފައެއްނުވެއެވެ.

ޖީ-20 ގައުމު ތަކުގެ އިއްތިހާދުގެ ބައްދަލުވުމުގައި ކޮވިޑުގެ ސަބަބުން އިޤްތިސާދު ހީނަރު ވެފައިވާ 73 ގައުމުން ނަގާފައިވާ ދަރަނި ލުއިކޮށްދިނުމަށް ނިންމާފައިވެއެވެ. މިގޮތުން މިގައުމުތަކުން ނަގާފައިވާ 14 ބިލިއަނެއްހާ ޑޮލަރުގެ ދަރަނި ދައްކާ ހަލާސް ކުރުމަށް ހަމަސްދުވަސް އިތުރުކޮށްފައިވެއެވެ. އަދި މިގެނައި ބަދަލާއެކު މިއަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދަރަނި ދައްކާ ހަލާސް ކުރުމުގެ މުއްދަތު އިތުރުވެގެންދާނެއެވެ. ނުވަތަ އެމުއްދަތާއި ހަމައަށް ދަރަނި ނުދައްކައި ތިބެވޭނެއެވެ.

"ޖީ-20 ގެ މިނިންމުން ވެގެންދާނީ ދުނިޔޭ އެކި ގައުމުތަކުގެ ދަރަނިވެރިކަމަށް ލިބުނު ލުއިފަސޭހައަކަށް." ޖީ-20 ގައުމު ތަކުގެ އިއްތިހާދުގެ މާލީ ވަޒީރުންގެ ބައްދަލުވުމުގެ ނިންމުންތައް ހާމަކޮށްދެއްވަމުން، މިބައްދަލުވުމުގެ މުގައްރިރު އަދި ސައޫދީ އަރަބިއްޔާގެ މާލީ ވަޒީރު މުހައްމަދު އަލް ޖަދާން ވިދާޅުވިއެވެ.

މީގެއިތުރުން ގައުމުތަކުގެ ދަރަނި ލުއިކޮށްދިނުމުގެ ނިންމުން މިއަންނަ އަހަރު ކުރީކޮޅު އަލުން މުރާޖައާކޮށް އިތުރަށް ލުއިތަކެއް ދޭން ޖެހޭތޯ ބެލުމަށް ނިންމާފައިވާކަމަށްވެސް ޖީ-20 ގެ ގައުމު ތަކުގެ އިއްތިހާދުގެ ބައްދަލުވުމުގައި ފާހަގަކޮށްފައިވެއެވެ.

މިބައްދަލުވުމުގެ ކުރިން، ދުނިޔޭ ސިއްހީ މާހިރުންގެ ސިޓީއަކުން، އިޤްތިސާދު ހީނަރު ވެފައިވާ ގައުމު ތަކުގެ ދަރަނި ލުއިކޮށްދިނުމަށް އެދި ޖީ-20 ގެ ގައުމު ތަކުގެ އިއްތިހާދުގައި އެދިފައިވެއެވެ. މިސިޓީގައި އިޤްތިސާދު ހީނަރު ވެފައިވާ ގައުމު ތަކުން އެވަރެޖް ގޮތެއްގައި މަހަކު ތިން ބިލިއަނެއްހާ ޑޮލަރު ދަރަނީގެ ގޮތުގައި ދައްކަން ޖެހުމާއެކު ކޮވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެފައިވާކަން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން