އިހަވަންދޫގައި ލޮނުމަސް އަވީލާފައި
އިހަވަންދޫގައި ލޮނުމަސް އަވީލާފައި
ލޮނުމަސް ބޭރުކުރުމަށް ކުރިމަތިވެފައިވާ ހުރަސްތަކުގެ ސަބަބުން އިހަވަންދޫ ރައްޔިތުން ގޮތްހުސްވެފައިވާ ކަމަށް އެރަށުގެ މަސްވެރިން ބުނެފިއެވެ.

ރާއްޖެއިން ލޮނުއެޅިމަސް އެންމެ ގިނައިން އެކްސްޕޯޓް ކުރާ ސްރީލަންކާއަށް މަސް ބޭރުކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް މަސްވެރިންނާއި، މަސް ބޭރުކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް މީގެ ކުރިން ޚާރިޖިއްޔާއިން ބުނެފައިވަނީ އެފަދަ މަޢުލޫމާތެއް ލިބިފައި ނުވާ ކަމަށާއި، ކުރިއެކޭ އެއްގޮތަށް ލަންކާ މާކެޓަށް މަސް ބޭރު ކުރެވޭނެ ކަމަށެވެ.

ނަމަވެސް ގިނަ ޢަދަދަކަށް ލޮނުމަސް ބޭރުކުރުމުގެ މަސައްކަތްކުރާ އިހަވަންދޫ ރައްޔިތުން ބުނެފައިވަނީ މިވަގުތު އެރަށުގެ އެތައް ޢާއިލާއެއްގެ ޢާމްދަނީ ހުއްޓިފައިވާ ކަމަށާއި، އުފެއްދި ހުރިހާ ލޮނުމަހެއް އުކާލަން ޖެހިފައިވާ ކަމަށެވެ.



އިހަވަންދޫ މަސްވެރިންގެ ޝުޢޫރުތައް ހާމަކޮށް މީސް މީޑިއާގައި އިތުރަށް ބުނެފައިވަނީ، ކޮޅުނބުން މަސް ގަތުން ބަންދުވެ ލޮނުމަހާއި، ހިކިމަސް ގަތުން މާލޭ ބާޒާރުން ހުއްޓާލުމާއެކު އިހަވަންދޫ ގޭދޮށު ފެކްޓްރީތައް ހުއްޓި، ނުކިރާ މަސްކޮޅުގެ އަގު ވެއްޓި، ލައްޓި،ރާގޮނޑި އަދި ހިބަރަށް ދުއްވާ ވަދުދޯނިފަހަރު ދުއްވާ ފަރާތްތައް ގޮތްހުސްވެއްޖެ ކަމަށެވެ.

އަދި ރައްޔިތުން އިނދަނުޖެހެނީސް ސްރީލަންކާ ސަރުކާރާ ވާހަކަ ދައްކައިގެން ހައްލެއް ހޯދައިދިނުމަށް އެދޭ ކަމަށްވެސް އެރަށުގެ މަސްވެރިން ވަނީ ބުނެފައެވެ. ނަމަވެސް މަސްވެރިކަމާބެހޭ ވަޒީރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައި ވަނީ، ލަންކާއަށް މަސް އެތެރެނުކުރެވުނަސް މާބޮޑު ކަންބޮޑުމެއް ނެތްކަމަށާއި، އިތުރު މާކެޓުތައް ހުންނާނެކަމަށެވެ.

ދާދި ފަހުން ލަންކާ ސަރުކާރުން ވަނީ އެގައުމަށް ބޭރުގެ ޤައުމުތަކުން އެތެރެކުރާ މަހުން ނަގާ ޑިއުޓީ ބޮޑުކޮށްފައެވެ. އޭގެ ފަހުން ލަންކާ ސަރުކާރުން ވަނީ ރާއްޖޭގައި އުފައްދާ މަސް އެޤައުމަށް އެތެރެ ނުކުރެވޭނެކަމަށް ބުނެފައެވެ. ރާއްޖޭގެ މަސް ލަންކާއަށް ގަތުން ހުއްޓާލުމާ ގުޅިގެން ލޮނުއެޅިމަހާއި، ހިކި ކަނޑުމަހުގެ މަސައްކަތް ކުރާ މަސްވެރިން ތިބީ ގޮތް ހުސްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން