މޯލްޑިވްސް އިމިގްރޭޝަންގެ ކައުންޓަރެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މޯލްޑިވްސް އިމިގްރޭޝަންގެ ކައުންޓަރެއް (ފޮޓޯ: ސޯޝަލް މީޑިއާ)
މެލޭޝިޔާއަށް ދަތުރުކުރާ ފަރާތްތަކުން ހަދަންޖެހޭ ކޯވިޑް-19 ޓެސްޓާއި ކަރަންޓީން ފީ އެޤައުމަށް ދަތުރުކުރުމުގެ ކުރިން ދައްކަންޖެހޭގޮތަށް ހަމަޖައްސައިފިއެވެ.

މެލޭޝިއާއަށް އެތެރެވާއިރު ކަރަންޓީން ފީގެ ގޮތުގައި 1،124 ޑޮލަރު ދައްކަންޖެހޭއިރު އެފައިސާ އޮންލައިންކޮށް ދެއްކޭނެގޮތް މެލޭޝިއާ ސަރުކާރުން ހަމަޖައްސާފައިވާކަން މެލޭޝިއާގެ ފޮރިން މިނިސްޓްރީން އަންގާފައިވާކަމަށް މެލޭޝިއާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.



އަދި މިގޮތަށް ހަމަޖެއްސުމާ ގުޅިގެން މެލޭޝިއާއަށް ދަތުރުކުރަން ފެށުމުގެ ކުރިން އެފީތައް ދައްކަން ޖެހޭނެކަމަށާއި ފައިސާ ދައްކާފައިވާ ކަމުގެ ލިޔުން މެލޭޝިއާއަށް ދެވުމާއެކު އެއަރޕޯޓްގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅަން ޖެހޭނެކަމަށް އަންގާފައިވާކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ.

މެލޭޝިއާއަކީ ގިނަ ޢަދަދެއްގެ ދިވެހިން ތަޢުލީމް ޙާސިލް ކުރުމަށާއި އެހެނިހެން ބޭނުންތަކުގައި ޢާއްމުކޮށް ދަތުރުކޮށްއުޅޭ ޤައުމެކެވެ.

ކޯވިޑް-19 އާއި ގުޅިގެން މެލޭޝިޔާ ބަންދުކޮށް ވައިގެ ދަތުރުތައް ހުއްޓާލުމަށްފަހު އެގައުމަށް ބޭރުގައުމުތަކުން މީހުން އެރުން ވަނީ މަނާކޮށްފައެވެ. މިއާއެކު ކޯވިޑާއި ގުޅިގެން ރާއްޖެއަށް ދިޔަ ކިޔަވާކުދިންނަށް ވެސް އެނބުރި މެލޭޝިއާއަށް ދެވެނީ މެލޭޝިއާގެ އިމިގްރޭޝަންގެ ޚާއްޞަ ހުއްދައެއްގެ ދަށުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން