ޕާކިސްތާނުގެ ރިކްޝާއެއްގައި އެއްފަހަރާ ބައިވަރު މީހުންތަކެއް އުފުލަނީ، މިއީ ޕާކިސްތާނުގައި އާންމު ކަމެއް.
ޕާކިސްތާނުގެ ރިކްޝާއެއްގައި އެއްފަހަރާ ބައިވަރު މީހުންތަކެއް އުފުލަނީ، މިއީ ޕާކިސްތާނުގައި އާންމު ކަމެއް.
ޕާކިސްތާނުގައި ކައިވެންޏަކަށް މީހުންް ގޮވައިގެން ދަތުރު ކުރަމުންދިޔަ ރިކްޝާ އެއް އެކްސިޑެންޓްވެ 22 މީހުން މަރުވެއްޖެއެވެ.

ޕާކިސްތާނުގެ ދެރަ އިސްމާއިލް ޚާނު، ސިޓީ ކައިރީގައި ހިނގި މިއެކްސިޑެންޓްގައި ދުއްވަމުން ދިޔަ ރިކްޝާ ފުރޮޅާލީ ރިކްޝާ އަށް ނުކަތާވަރަށް މީހުން އަރުވައިގެން ދަތުރުކުރުމުންކަމަށް ޕާކިސްތާނުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. މިގޮތުން މި ރިކްޝާ ދަތުރުކޮށްފައި ވަނީ 29 މީހުން އަރުވައިގެންކަމަށްވެސް ޕާކިސްތާނުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި އެކްސިޑެންޓްގައި 22 މީހުން މަރުވެފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 16 އަންހެނުންނާއި 6 ކުޑަކުދިންނެވެ. އަދި މީގެ ތެރޭގައި ހިމެނެނީ އެއް އާއިލާއަކަށް ނިސްބަތްވާ މީހުން ކަމަށް ވެސް ޕާކިސްތާނުގެ ފުލުހުން ވަނީ ހާމަކޮށްފައެވެ. މީގެ ތެރޭގައި، އެއްގެއެއްގައި ދިރިއުޅެމުންދާ ހަތް މީހަކު ހިމެނޭކަމަށްވެސްވެއެވެ.

މި އެކްސިޑެންޓްގައި ސަލާމަތް ކުރެވުނީ 7 މީހުންނެވެ. އަދި އެމީހުންގެ ހާލު ރަނގަޅުކަމަށްވެސް ޕާކިސްތާނުވެ ފުލުހުންވަނީ ހާމަކޮށްފައެވެ.

ރިކްޝާ އަކީ ޕާކިސްތާނުގައި މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގައި ގެންގުޅޭ އެއްގަމު ސަވާރީއެެކެވެ. ރިކްޝާ އަކީ އެކްސިޑެންޓް ގިނަ އުޅަނދެއްކަން ފާހަގަކުރެވިފައިވާއިރު މިހާތަނަށް ޕާކިސްތާނުގައި އެތަކެއް އެކްސިޑެންޓެއް ރިޕޯޓުކޮށްފައިވާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މަގުމަތީގެ އެކްސިޑެންޓްތަކުގައި އެންމެ ގިނައިން މީހުންގެ ފުރާނައަށް އަސަރުކޮށްފައިވާ ގައުމަކަށް ޕާކިސްތާނު ވެފައިވާއިރު މިފަދަ އެކްސިޑެންޓްތަކުގައި އެންމެ ގިނައިން މީހުންގެ ފުރާނައަށް ނުރައްކާތެރިވަނީ ޕާކިސްތާނުގެ މަގުތަށް ހަދާފައިވާ ގޮތުންނާއި، ރަނގަޅަށް ނުބެލެހެއްޓޭ ސަވާރީ ތަކުންނާއި މި ސަވާރީތައް ދުއްވާ މީހުންގެ ފަރުވާ ކުޑަ ކަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން