ބަހްރައިންގެ ޕްރައިމް މިނިސްޓަރ ޝެއިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ.
ބަހްރައިންގެ ޕްރައިމް މިނިސްޓަރ ޝެއިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ.
ދުނިޔޭގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ، ބަހްރައިންގެ ބޮޑުވަޒީރު ޝައިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަވެއްޖެއެވެ.

ބަހްރައިންގެ ބޮޑުވަޒީރު ޝައިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ އަވަހާރަވެފައިވަނީ އުމުރުފުޅުން 84 އަހަރުގައެވެ.

ބަހްރައިންގެ ބޮޑުވަޒީރު ނިޔާވެފައިވަނީ އެމެރިކާގެ މަޔޯ ކްލިނިކް ގައި ފަރުވާ ދެމުންދަނިކޮށް ކަަމަށް ބަހްރައިންގެ ސަރުކާރުން ހާމަކޮށްފައިވެއެވެ. ނަމަވެސް ބަހްރައިންގެ ސަރުކާރުންވެސް އަދި އެމެރިކާގެ މަޔޯ ކްލިނިކުން މިކަމާއި ބެހޭ އިތުރު އެއްވެސް މަޢުލޫމާތެެއް ހާމަކޮށްފައެއް ނުވެއެވެ.

ބަހްރައިންގެ ބޮޑުވަޒީރު ޝައިޚް ޚަލީފާ ބިން ސަލްމާން އަލް ޚަލީފާ ނިޔާވުމުގެ ހިތާމައިގައި ހަފްތާއެއް ވަންދެން އެގައުމުގެ ދިދަ ބައި ދަނޑިއަށް ތިރިކުރަން ނިންމަވާފައިވާކަމަށް ބަހްރައިންގެ ރަސްގެފާނު ޝައިޚް ހަމަދް ބިން އިސާ އަލް ޚަލީފާ ވަނީ ނިންމަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން