ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް މެދުކެނޑިފައި އޮތް ހުޅުމާލޭގެ ވޯޓަރ ތީމް ޕާކު މަޝްރޫޢު، ގާތްގަނޑަކަށް 9 އަހަރަށް ފަހު އަލުން ފަށައި، އެ މަޝްރޫޢަށް އައު ދިރުމެއް ގެނެސްދީފިއެވެ.
މި މަޝްރޫޢަކީ 2017 ވަނަ އަހަރު ފެށުމަށްފަހު އެކި ސަބަބުތަކާ ހުރެ މަސައްކަތް ހުއްޓިފައި އޮތް މަޝްރޫޢެކެވެ. ނަމަވެސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިހާރު ވަނީ ބައިނަލްއަޤުވާމީ ފެންވަރުގެ ރިސޯޓް ހޮޓަލަކާ އެކު، މުޅިން އައު މާސްޓަރ ޕްލޭނެއްގެ ދަށުން މި މަޝްރޫޢު އަލުން ޑިޒައިންކޮށް މަސައްކަތް ފަށާފައެވެ. ސޮލެންޒަރާ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ބިޔަ މަޝްރޫޢުގެ މަސައްކަތް، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް އެޗްޑީސީން ލަފާކުރެއެވެ.
ޖުމުލަ 41,549.7 އަކަމީޓަރުގެ ބޮޑު ސަރަޙައްދެއްގައި ދެ ބަޔަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ބޮޑު ބައެއް ޚާއްޞަކޮށްފައިވަނީ މުނިފޫހިފިލުވުމާއި ފަތުރުވެރިކަމުގެ ޚިދުމަތްތަކަށެވެ. އެގޮތުން މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 17,800 އަކަމީޓަރުގެ ސަރަޙައްދު ޚާއްޞަކޮށްފައިވަނީ ވޯޓަރ ތީމް ޕާކަށެވެ.
ހުޅުމާލޭގެ ހިތްގައިމު ގޮނޑުދޮށާ ގުޅިފައިވާ ގޮތަށް ފަރުމާކޮށްފައިވާ މި ޕާކުގައި، މޫދު ކުޅިވަރުގެ މައިގަނޑު 11 ޙަރަކާތަކާއި ޚިދުމަތް ދިނުމަށް ބޭނުންވާ 30 ވަސީލަތެއް ޤާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި 8 ވޯޓަރ ސްލައިޑް ހިމެނޭ ބޮޑު ކޮމްޕްލެކްސްއަކާއި، މަޤްބޫލު 'ޓޯނޭޑޯ ސްލައިޑް'، 290 މީޓަރުގެ 'ލޭޒީ ރިވަރ'، 900 އަކަމީޓަރުގެ 'ނިއުމެޓިކް ވޭވް ޕޫލް' އަދި 1,900 އަކަމީޓަރުގެ ބޮޑު 'ސްޕްލޭޝް ޕެޑް' އާއި 'ވޯޓަރ ހައުސް' ހިމެނެއެވެ.
މީގެއިތުރުން ކުޑަކުދިންނާއި ޢާއިލާތަކަށް ޚާއްޞަކޮށްގެން 'ކިޑްސް ބޫމަރޭންގް ސްލައިޑް' އާއި 'ޓޮޑްލަރ ޕޫލް'، 200 އަކަމީޓަރުގެ 'ސްޕާ ޕޫލް'، މޫދުގެ މަންޒަރު ފެންނަ ގޮތަށް ހަދާ 230 އަކަމީޓަރުގެ 'އިންފިނިޓީ ބަބްލް ޕޫލް' އަދި މޫދު މަތީގައި އޮންނަ 'އިންފްލޭޓަބަލް ޗެލެންޖް ގޭމްސް' ގެ ވަސީލަތްތައް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު، ޚާއްޞަ ވިއުއިންގ ޕްލެޓްފޯމަކާއި، ޗުއްޓީ ހޭދަކުރާ މީހުންނަށް ޚާއްޞަ ކޮޓޭޖްތަކުގެ އިތުރުން 1,120 އަކަމީޓަރުގެ މައި އިމާރާތަކާއި، 5 ފަންގިފިލާގެ އޮފީސް އަދި މުވައްޒަފުންގެ އެކޮމޮޑޭޝަން އިމާރާތެއް ވެސް މި ސަރަޙައްދުގައި އެޅުމަށް ވަނީ ނިންމާފައެވެ.
މި މަޝްރޫޢުގެ ދެވަނަ ބައިގެ ދަށުން، 23,749.7 އަކަމީޓަރުގެ ބިމެއްގައި 'ވޯކޯ ރިސޯޓް ހޮޓެލް' ގެ ނަމުގައި ފުރިހަމަ ވަސީލަތްތަކާ އެކު ޒަމާނީ ހޮޓަލެއް ތަރައްޤީކުރެވޭނެއެވެ. މި ހޮޓަލުގައި ޖުމުލަ 250 ކޮޓަރިއާއި ސުއިޓް، 95 ސާވިސްޑް އެޕާޓްމަންޓް، ދިގު މުއްދަތަށް ކުއްޔަށްދޭ 15 އެޕާޓްމަންޓް އަދި އަތިރިމަތީގައި ހުންނަ 3 ވިލާ ހިމެނެއެވެ. އަދި ވިޔަފާރިތަކަށް ޚާއްޞަ 2,942 އަކަމީޓަރުގެ ރީޓެއިލް ޖާގައަކާއި، ވައިރަލް މާކެޓަކާއި، 6 ފަންގިފިލާ އަދި 3 ފަންގިފިލާގެ ދެ އޮފީސް އިމާރާތުގެ އިތުރުން، އެ އިމާރާތްތަކުގެ ބޭސްމަންޓުގައި 61 ކާރާއި 230 ސައިކަލު ޕާކުކުރެވޭނެ ޒަމާނީ ޕާކިންގ ނިޒާމެއް ވެސް ޤާއިމުކުރެވިގެންދާނެއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި މަޝްރޫޢު އަލުން ފެށުމަކީ ހުޅުމާލޭގައި އެކި ސަބަބުތަކާ ހުރެ ނުނިމި ދިގުލައިގެން ގޮސްފައިވާ ބޮޑެތި މަޝްރޫޢުތައް އަވަހަށް ނިންމައި، ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
މިގޮތުން، ވޭތުވެދިޔަ 21 އަހަރު ދުވަހު މަސައްކަތް ހުއްޓިފައި އޮތް ސިޓީ ހޮޓާ މަޝްރޫޢާއި، 2017 ވަނަ އަހަރުން ފެށިގެން ހުއްޓިފައި އޮތް 'ރީތިގަސް' މަޝްރޫޢުގެ އިތުރުން 'ދި ގާޑަން' މަޝްރޫޢު ވެސް މިހާރު ވަނީ އެއްކޮށް ނިންމައި ޚިދުމަތަށް ގެނެސްފައެވެ. މީގެއިތުރުން، 2018 ވަނަ އަހަރުން ފެށިގެން ބޭނުންނުކޮށް ހުރި ވާޓިކަލް ޕާކިންގ ސިސްޓަމްތައް އަލުން އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ވެސް މިހާރު ދަނީ ބާރަށް ކުރިއަށެވެ. މި ހުރިހާ މަސައްކަތްތަކުގެ އެންމެ ބޮޑު އަމާޒަކީ، ހުޅުމާލޭގައި ހުރި ފަޅު ބިނާތަކަށް އައު ދިރުމެއް ގެނެސް، އެ ސިޓީއަކީ ދިރިއުޅުމަށާއި ވިޔަފާރިއަށް އެންމެ ފަހި، ފުރިހަމަ ޒަމާނީ ސިޓީއަކަށް ހެދުމެވެ.

ކިޔުންތެރިންގެ ހިޔާލު