ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު
2021 ވަނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަށް ދިވެހި ރައްޔިތުން ނޫނެކޭ ބުނެފައިވާކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ޑރ. މުހަންމަދު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގެ ގޮތުގައި ސަރުކާރުން މަޖިލީހަށް ހުށަހެޅި 34 ބިލިއަން ރުފިޔާގެ ބަޖެޓުގެ 50 އިންސައްތަ އަކީ ދަރަނި ކަމަށެވެ. އެ ބަޖެޓަށް އާމްދަނީ ހޯދުމަށް މި ސަރުކާރުން ވިސްނާފައިވަނީ ރައްޔިތުންގެ ބިމާއި، ހަރު މުދާ ވިއްކައިގެން ކަމަށް ޑރ.މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. މުއިއްޒު ވިދާޅުވީ، މި ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިފައި އޮތުމުން އެ ބަޖެޓު  ފާސްކުރެވިދާނެ ކަމަށާއި، ނަމަވެސް އެ ބަޖެޓަށް ދިވެހި ރައްޔިތުން އާނބަސް ނުބުނާނެ ކަމަށެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ވަނީ 34.78 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ. ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު އަންނަ އަހަރުގެ ބަޖެޓު ހުށަހަޅުއްވަމުން ވިދާޅުވީ އަންނަ އަހަރަށް ދައުލަތުން ހުށަހަޅާ ބަޖެޓުގެ ޖުމްލަ އަދަދަކީ 34،787،720،151 (ތިރީސް ހަތަރު ބިލިއަން ހަތް ސަތޭކަ އައްޑިހަ ހަތް މިލިއަން ހަތް ސަތޭކަ ވިހި ހާސް އެއް ސަތޭކަ ފަންސާސް އެއް ރުފިޔާ) ކަމަށެވެ. 

އަމީރު ވިދާޅުވީ އަންނަ އަހަރަކީ ވެސް އާމްދަނީގެ ގޮތުން ތަދު އަހަރެއް ކަމަށެވެ. އެގޮތުން އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރެވެނީ 17.8 ބިލިއަން ރުފިޔާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. އާމްދަނީ ދަށްވާ މިންވަރު ބޮޑުކަމުން، ބަޖެޓުގެ ޑެފިސިޓް ބޮޑު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާގެ ދަރަނި ބަޖެޓެކެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 23.4 އިންސައްތައެވެ.


ކިޔުންތެރިންގެ ހިޔާލު


16

ޙައްވާ ރަޝީދު

12-Nov-2020

ރައްޔިތުން ބުނަނީ މުއިއްޒަކީ ކަމެއްކުރަން އިނގޭ މީހެއްނޫން ކަމަށް ހިންގި ކޮންމެ މަޝްރޫއަކުން އެކަން ފެނިފަ ވާކަމަށް. ޢަނެއްކާ ޚިޔާނާތުގެވެސް މާބިޑުމީހެއްކަމަށް.


-10

ޙައްވާ ރަޝީދު

12-Nov-2020

ރައްޔިތުން ބުނަނީ މުއިއްޒަކީ ކަމެއްކުރަން އިނގޭ މީހެއްނޫން ކަމަށް ހިންގި ކޮންމެ މަޝްރޫއަކުން އެކަން ފެނިފަ ވާކަމަށް. ޢަނެއްކާ ޚިޔާނާތުގެވެސް މާބިޑުމީހެއްކަމަށް.



ޓްރެންޑިން