ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގައި ނިންމަންޖެހޭ މުހިންމު ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް ފާހަގަކުރައްވައި، ހިނގަމުންދާ ދައުރު އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމައިފިއެވެ.
މިއަދު ޖަލްސާގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ ގަވާއިދު ބަޔާންކުރާ ގޮތުން އަހަރުގެ ތިންވަނަ ދައުރު ނުވަތަ ފަހު ދައުރުގެ މުއްދަތަކީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް، މި ދައުރުގައި ނިންމުމަށް ތާވަލުކުރެވިފައިވާ ގިނަ ކަންތައްތަކެއްގެ މަސައްކަތް އަދިވެސް އެކަށީގެންވާ ގޮތެއްގައި ނިމިފައި ނުވާތީ، ދައުރުގެ މުއްދަތު އިތުރުކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ، ދައުލަތާއި ރައްޔިތުންނާ ގުޅުންހުރި މުހިންމު ގާނޫނީ މަސައްކަތްތައް ފަސްނުކޮށް ނިންމުމަށްޓަކައި، މި ހިނގާ ދައުރު އަންނަ މަހުގެ 15 އަށް ދަންމާލުމާ މެދު މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި މެންބަރުންގެ މެދުގައި ވޯޓަށް އައްސަވާނެ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މަޖިލީހުގެ މުހިންމު އެޖެންޑާތައް ފުރިހަމަކުރުމަށްޓަކައި މިއަހަރުގެ ތެރޭގައި ދައުރުގެ މުއްދަތު އިތުރުކުރި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެކުރިން ކުރިއަށްދިޔަ ފުރަތަމަ ދައުރާއި ދެވަނަ ދައުރުވެސް ވަނީ މުއްދަތު އިތުރުކޮށްގެން ބާއްވާފައެވެ.
އެގޮތުން، ގަވާއިދުގައިވާ ގޮތުން މިއަހަރުގެ ފުރަތަމަ ދައުރު ނިންމައި މެއި 16 ގައި މެންބަރުން ޗުއްޓީއަށް ވަޑައިގަންނަވަން ޖެހުނު ނަމަވެސް، ނުނިމިހުރި މަސައްކަތްތައް އަވަސްކުރުމުގެ ގޮތުން އެ ދައުރު މެއި 31 ގެ ނިޔަލަށް ދަންމާލިއެވެ. އެ މުއްދަތުގެ ތެރޭގައި މުހިންމު 10 ބިލެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވުނުއިރު، ފުރަތަމަ ދައުރު ނިންމައި ޗުއްޓީއަކާ ނުލައި ޖޫން މަހުގެ 1 ވަނަ ދުވަހު ވަނީ ދެވަނަ ދައުރުގެ ޖަލްސާތައް ފަށާފައެވެ. އަދި ދެވަނަ ދައުރުގެ މުއްދަތުވެސް އިތުރުކުރުމަށްފަހު މެންބަރުން ޗުއްޓީއަށް ވަޑައިގެންނެވީ މިދިޔަ އޮގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.
މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމާލަން މި ނިންމީ، ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ހަދަންޖެހޭ މުހިންމު ގާނޫނުތަކާއި ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ކަންކަން ހުއްޓުމެއްނެތި، ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ މަގުސަދުގައެވެ.

ކިޔުންތެރިންގެ ހިޔާލު