ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން ތަރައްގީކުރުމަށް ނިންމާފައިވާ 500 އެނދުގެ މަލްޓި ސްޕެޝަލިޓީ ޓާޝަރީ ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާ ކަމަށް މިނިސްޓަ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ގީލާ އަލީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މި ޖަލްސާގައި މިނިސްޓަރާ ސުވާލު އަމާޒުކުރެއްވީ ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދެވެ.
ޑރ. ޝަމްހީދު ކުރެއްވި ސުވާލުގައި ފާހަގަކުރެއްވީ، ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެއް ސަރަހައްދު ކަމުގައިވާ ހުޅުމާލޭގައި ފެންވަރު ރަނގަޅު ސަރުކާރު ހޮސްޕިޓަލެއް ނެތުމުގެ ސަބަބުން ރައްޔިތުން އުފުލަންޖެހިފައިވާ ތަކުލީފުތަކުގެ ވާހަކައެވެ. އަދި ހުޅުމާލޭގައި މިހާރު ހިންގަމުންދާ އަމިއްލަ ހޮސްޕިޓަލެއް ކަމަށްވާ ޓްރީޓޮޕް ހޮސްޕިޓަލުގެ އަގުތައް ސިންގަޕޫރާއި އިނގިރޭސިވިލާތް ފަދަ ގައުމުތަކަށްވުރެވެސް ބޮޑުކަން ފާހަގަކުރައްވައި، އަލަށް އަޅާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީޚަކާއި އަގުތައް ކުޑަކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާތޯ މެންބަރު ސުވާލުކުރެއްވިއެވެ.
މެންބަރުގެ ސުވާލަށް ޖަވާބުދެއްވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ސިއްހީ ދާއިރާއަށް ދެއްވާ ޚާއްސަ އަހައްމިއްޔަތުކަމުގެ ދަށުން، މި މަޝްރޫއަށް އިކޮނޮމިކް ކައުންސިލުން މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އަދި ބިން ހަމަޖެހުމާއެކު، ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ އެންމެހައި ފަންނީ އަދި އިދާރީ ތައްޔާރީތައް ބާރަށް ކުރިއަށްދާ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
"މިހާރު ކުރިއަށްދަނީ ހޮސްޕިޓަލުގެ ޓެކްނިކަލް ރިކުއާމަންޓްސް ކަނޑައެޅުމާއި، ލިބޭނެ ޚިދުމަތްތައް ޕްލޭންކުރުމާއި، އިންޖިނިއަރިން ފަރުމާތައް އެކުލަވާލުމުގެ މަސައްކަތްތައް،" މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރާ މި ހޮސްޕިޓަލަކީ ރައްޔިތުންނަށް ފުރިހަމަ ފަރުވާ އެއްފުރާޅެއްގެ ދަށުން ލިބިގެންދާނެ ތަނެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މި މަރުކަޒުން އަންހެނުންނާއި ކުޑަކުދިންގެ ޚާއްސަ ފަރުވާތަކާއި، ކެންސަރު ބަލީގެ ފަރުވާގެ އިތުރުން ސުޕަ ސްޕެޝަލިޓީ ގިނަ ޚިދުމަތްތަކެއް ތައާރަފްކުރެވިގެންދާނެ ކަމަށެވެ.
މި މަޝްރޫއު ނިމި ޚިދުމަތް ދޭން ފެށުމުން، ހުޅުމާލޭގެ އިތުރުން މުޅި މާލެ ސަރަހައްދުގެ ސިއްހީ ނިޒާމަށް ބޮޑު ލުޔެއް ލިބި، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް އެކަށީގެންވާ އަގުތަކެއްގައި ރައްޔިތުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު