ހއ. ދިއްދޫ ފުޓްސަލް ގްރައުންޑުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހއ. ދިއްދޫ ފުޓްސަލް ގްރައުންޑުގެ މަސައްކަތް، ފޮޓޯ: އެމްޓީސީސީ
ހއ. ދިއްދޫގައި ތަރައްޤީކުރަމުން އަންނަ ފުޓްސަލް ދަނޑުގައި ޓާފް އެޅުމާއި، ދަނޑު ނިންމުމުގެ އެންމެ ފަހުގެ ތައްޔާރީތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢަކީ ދިއްދޫގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ފަހިކޮށްދީ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރެވުނު މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލަށް ބަލާއިރު، މި އަހަފުގެ ޖޫން މަހުގެ ފަހުކޮޅު ވަނީ ރާނާ ސިމެންތި ޖެހުމުގެ މަސައްކަތްތައް ފަށާފައެވެ. އަދި ޖުލައި މަހާއި ސެޕްޓެމްބަރު މަހު ޕްލާސްޓަރު ކުރުމުގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންގޮސްފައިވެއެވެ. އޭގެފަހުން، އޮކްޓޫބަރު ގައި ޕީވީސީ ފެންސް ޖެހުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، މިހާރު ކުރިއަށްދަނީ ދަނޑުގެ ޓާފް އެޅުމުގެ މަސައްކަތާއި، ޕްރޮޖެކްޓް މުޅިން ނިންމައި ރައްޔިތުންނާ ޙަވާލުކުރުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

މި މަޝްރޫޢު ނިމުމުން ދިއްދޫގެ ކުޅިވަރުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު