ރާއްޖޭގެ އިޤްތިޞާދުގައި އަންހެނުންގެ ދައުރު ފުޅާކޮށް، މާލީ އެހީތެރިކަން ހޯދުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި މި ސަރުކާރުން އަންހެން ވިޔަފާރިވެރިންނަށާއި މާލީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް 47 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ ފައިނޭންސިން ދޫކޮށްފިއެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން އެކްސްގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، 2023 އިން 2026 އަށް އެކުލަވާލާފައިވާ މި ސިޔާސަތުގެ ދަށުން އެއްވެސް ރަހުނަކާ ނުލައި ފަސޭހަކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފްކުރި ސްކީމްތަކަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން "ފަށާ މަދަދު" ލޯނު ސްކީމުގެ ދަށުން 110 އަށް ވުރެ ގިނަ އެޕްލިކޭޝަނަށް 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެޕްރޫވްކޮށްދީފައިވާއިރު، "ވުމެން އެންޓަޕްރިނިއާ ފައިނޭންސިންގ" ގެ ދަށުން 80 އަށް ވުރެ ގިނަ އެޕްލިކޭޝަނަށް 17 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ފާސްކޮށްދީފައެވެ.
މި ސްކީމްތަކުގެ ތެރެއިން "ވުމެން އެންޓަޕްރިނިއާ ފައިނޭންސިންގ" އަކީ އިސްލާމީ ޝަރީޢާގެ ހަމަތަކަށް ފެތޭ ގޮތަށް، އެއްވެސް ރަހުނަކާ ނުލައި 250،000 ރުފިޔާއާ ހަމައަށް ދޫކުރާ ފައިނޭންސިންގެކެވެ. އަދި "ފަށާ މަދަދު" ސްކީމުގެ ދަށުން އަހަރަކު 6 އިންސައްތައިގެ ރޭޓުގައި، ރަހުނަކާ ނުލައި 500،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަމުންދެއެވެ. މީގެއިތުރުން، އެމް.އައި.އެސް.އެފް.އައި ގެ ދަށުން އެއްވެސް ރަހުނަކާ ނުލައި އަހަރަކު އެންމެ 2.5 އިންސައްތައިގެ ރޭޓުގައި 100،000 ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާއިރު، މި ފައިސާ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް އަދި 12 މަސްދުވަހުގެ ގްރޭސް ޕީރިއަޑެއް ލިބިގެންދެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެސް.އެމް.އީ ޑިޖިޓަލް މެދުވެރިކޮށް ދޫކުރާ މި ފައިނޭންސިންގ ފުރުސަތުތަކަކީ އާންމު ބޭންކިންގ ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ހޯދަން ދަތިވެފައިވާ އަންހެނުންނަށާއި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް ހުޅުވާލެވުނު މުހިންމު ދޮރެކެވެ.
އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫޢުތަކުގެ މައިގަނޑު މަޤްޞަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި، މާލީ މަންފާ އެންމެންނަށް ހަމަހަމަކަމާއެކު ލިބިދޭނެ ފަހި މާޙައުލެއް ޤާއިމުކޮށްދިނުމެވެ. އަދި މިއީ ޤައުމުގެ އިޤްތިޞާދު ވަރުގަދަކުރުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު