ހދ. ނޭކުރެންދޫއަށް ނިސްބަތްވާ މުޙައްމަދު ޢަބްދުއްރަޙްމާން (61އ)
ހދ. ނޭކުރެންދޫއަށް ނިސްބަތްވާ މުޙައްމަދު ޢަބްދުއްރަޙްމާން (61އ)
ސިވިލް ކޯޓަށް ހާޒިރުކުރުމަށްޓަކައި އުމުރުން 61 އަހަރުގެ މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައި، އެ މީހާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދި އިއުލާންކޮށްފިއެވެ.

ފުލުހުން ހޯދަމުންދަނީ ހދ. ނޭކުރެންދޫއަށް ނިސްބަތްވާ މުޙައްމަދު ޢަބްދުއްރަޙްމާން (61އ) އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ހޯދަން އިއުލާންކުރީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އެހެންކަމުން، ޢަބްދުއްރަޙްމާނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ލަސްނުކޮށް ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް