ތ. ތިމަރަފުށީގެ ކަރަންޓުގެ ހިދުމަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ރަށަށް ގެންދިޔަ 400 ކިލޯވޮޓްގެ އާ ޖަނަރޭޓަރު ސެޓު އިންސްޓޯލްކޮށް، ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ސްޓެލްކޯއިން މައުލޫމާތު ދިން ގޮތުގައި، ތިމަރަފުށީގެ ކަރަންޓުގެ ހާލަތު ރަނގަޅުކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމުގެ ގޮތުން ގެނައި މި ޖަނަރޭޓަރު ސެޓު ކޮމިޝަން ކުރުމަށްފަހު މިހާރު ވަނީ ހިދުމަތަށް ނެރެފައެވެ.
މި އާ ޖަނަރޭޓަރު ސެޓާއެކު ތިމަރަފުށީގައި ކަރަންޓު އުފެއްދުމުގެ ގާބިލުކަން އިތުރުވެ، ރަށުގެ ރައްޔިތުންނަށް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރު ހުރި ކަރަންޓުގެ ހިދުމަތެއް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
އަތޮޅުތެރޭގެ ރަށްތަކުގެ ކަރަންޓުގެ ހިދުމަތް ރަނގަޅުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މީގެ ކުރިން ފެނަކަ ކޯޕަރޭޝަނުން ހިންގަމުން އައި ރަށްރަށުގެ އިންޖީނުގެތައް މިހާރު ވަނީ ސްޓެލްކޯގެ ދަށަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ގެނައުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެހެން ބައެއް ރަށްރަށުގެ އިންޖީނުގެތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް ވެސް ސްޓެލްކޯއިން އަންނަނީ އާ ޖަނަރޭޓަރު ސެޓުތައް ފޮނުވައި ބޭނުންކުރަން ފަށަމުންނެވެ. މި ބަދަލުތަކާއެކު، ކުރިއަށް އޮތް ދުވަސްތަކުގައި ރަށްރަށުގައި ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ބޮޑު ލުޔެއް ލިބި، އާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު