މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކްލިއަރ ކޮށްފައިވަނީ ކުކުޅުބިސް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މާލޭ ވިޔަފާރި ބަނދަރަށް އައި އުޅަނދުފަހަރުގެ ތަފާސްހިސާބަށް ބަލާއިރު، މި ނޮވެމްބަރު މަހުގެ 15 އިން 21 ގެ ނިޔަލަށް ކޮންޓެއިނަރު އުފުލާ ދެ ބޯޓަކާއި އާންމު މުދާ އުފުލާ ހަތް ބޯޓެއް ވަނީ ބަނދަރުކޮށްފައެވެ. އަދި އޮޕަރޭޝަންތައް ފުރިހަމަކުރުމަށްފަހު، ކޮންޓެއިނަރު އުފުލާ ދެ ބޯޓާއި ޖެނެރަލް ކާގޯ އުފުލާ ނުވަ ބޯޓެއް ވަނީ ފުރާފައެވެ.
އެމްޕީއެލް އިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިމުއްދަތުގައި އެ ކުންފުނިން ވަނީ އަވަހަށް ހަލާކުވާ ޒާތުގެ މުދަލުގެ 86،017 ޕެކޭޖު ކްލިއަރ ކޮށްދީފައެވެ. އޭގެ ތެރެއިން އެންމެ ގިނައިން ނެރެފައިވަނީ ކުކުޅުބިހެވެ. އެގޮތުން ބިހުގެ ޖުމްލަ 21،996 ޕެކޭޖު ވަނީ ކާމިޔާބުކަމާއެކު ކްލިއަރ ކޮށްފައެވެ.
މީގެ އިތުރުން، ދެވަނައަށް އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ފިޔައެވެ. އެއީ ފިޔާގެ 15،665 ޕެކޭޖެވެ. ހަމައެއާއެކު ކަރާގެ 11،966 ޕެކޭޖާއި، އަލުވީގެ 8،186 ޕެކޭޖުގެ އިތުރުން ޓޮމާޓޯގެ 6،748 ޕެކޭޖު ވެސް މި މުއްދަތުގެ ތެރޭގައި އެމްޕީއެލް އިން ވަނީ ކްލިއަރ ކޮށްފައެވެ.
އެމްޕީއެލް އިން ބުނީ، މިދިޔަ ހަފްތާގައި ޖުމްލަ 3،146 ކޮންޓެއިނަރު ހޭންޑްލް ކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއަށް އެތެރެކުރި މުދަލާއެކު ބޭލި 1،786 ކޮންޓެއިނަރާއި، އަނބުރާ ބޯޓުތަކަށް ބަރުކުރި 1،360 ކޮންޓެއިނަރެވެ.
ކްލިއަރެންސްގެ ތަފްސީލަށް ބަލާއިރު، ކޮންޓެއިނަރު ބޯޓުތަކުން 1،319 ކޮންސައިންމަންޓާއެކު ޖުމްލަ 40،472.73 ފްރައިޓް ޓަނުގެ މުދާ ވަނީ ނެރެފައެވެ. އަދި ޖެނެރަލް ކާގޯ ބޯޓުތަކުން 588 ކޮންސައިންމަންޓާއެކު ޖުމްލަ 3،666.37 ފްރައިޓް ޓަނުގެ މުދާ ވަނީ ކްލިއަރ ކޮށްދީފައެވެ.
އެމްޕީއެލް އިން ބުނީ އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި އަސާސީ މުދާ، ވީހާވެސް އަވަހަށް ވިޔަފާރިވެރިންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ޕޯޓުގެ އޮޕަރޭޝަންތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު