މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އާންމުކޮށްފައިވާ ފާއިތުވި ހަފުތާގެ ކާގޯ ކްލިއަރެންސް ރިޕޯޓުން ދައްކާ ގޮތުގައި، މި ނޮވެމްބަރު މަހުގެ 8 އިން 14 ގެ ނިޔަލަށް ގިނަ އަދަދެއްގެ މުދާ ވަނީ ކްލިއަރކޮށްފައެވެ.
އެގޮތުން، ކޮންޓެއިނަރު އުފުލާ ބޯޓުފަހަރުން 31،293.50 ފްރައިޓް ޓަނުގެ މުދާ ކްލިއަރކޮށްފައިވާއިރު، ޖެނެރަލް ކާގޯ ނުވަތަ އާންމު މުދާ އުފުލާ ބޯޓުފަހަރުން ވަނީ 2،609.86 ފްރައިޓް ޓަނުގެ މުދާ ދޫކޮށްފައެވެ. ކްލިއަރކުރެވުނު ކޮންސައިންމަންޓްތަކުގެ އަދަދަށް ބަލާއިރުވެސް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ކޮންޓެއިނަރު އުޅަނދުފަހަރެވެ. އެއީ ކޮންޓެއިނަރު ބޯޓުފަހަރުން ދޫކުރެވުނު 1،247 ކޮންސައިންމަންޓާއި، އާންމު މުދާ އުފުލާ ބޯޓުފަހަރުން ދޫކުރެވުނު 386 ކޮންސައިންމަންޓެވެ.
މި މުއްދަތުގެ ތެރޭގައި ޕޯޓަށް ބަނދަރުކުރި އުޅަނދުފަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންޓެއިނަރު އުފުލާ 3 ބޯޓަކާއި، އާންމު މުދާ އުފުލާ 6 ބޯޓެއް ވަނީ ރާއްޖެ އައިސްފައެވެ. އަދި މުދާ ބޭލުމުގެ މަސައްކަތް ނިންމުމަށްފަހު، ކޮންޓެއިނަރު އުފުލާ 2 ބޯޓަކާއި އާންމު މުދާ އުފުލާ 4 ބޯޓެއް ވަނީ އެ މުއްދަތުގައި ފުރާފައެވެ.
ކޮންޓެއިނަރު ހޭންޑްލިންގ އޮޕަރޭޝަންތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި 1،354 ޓީއީޔޫގެ މުދާ ބާލާފައިވާއިރު، 1،832 ޓީއީޔޫގެ މުދާ ވަނީ ބޯޓުފަހަރަށް އަރުވާފައެވެ. އެއާއެކު، މި މުއްދަތުގެ ޖުމްލަ ތްރޫޕުޓް ވަނީ 3،186 ޓީއީޔޫއަށް އަރާފައެވެ.
މީގެއިތުރުން، އަވަހަށް ހަލާކުވާ ޒާތުގެ މުދާ (ޕެރިޝަބަލް ކާގޯ) ގެ ގޮތުގައި ޖުމްލަ 54،921 ޕެކޭޖު ކްލިއަރކޮށްފައިވާއިރު، އޭގެ ތެރޭގައި އެންމެ ގިނައިން ހިމެނެނީ ކާބޯތަކެތީގެ މުހިންމު ބާވަތްތަކެވެ. އެގޮތުން 14،514 ޕެކޭޖުގެ ބިހާއި، 13،243 ޕެކޭޖުގެ ފިޔަލާއި، 7،715 ޕެކޭޖުގެ ކަރާގެ އިތުރުން 5،415 ޕެކޭޖުގެ ދޮންކެޔޮ ވަނީ ކްލިއަރކޮށްފައެވެ. އަދި މީގެ އިތުރުން 5،135 ޕެކޭޖުގެ އަލުއްވަާއި، 3،007 ޕެކޭޖުގެ ވިލާތުބައްޓާއި، 1،721 ޕެކޭޖުގެ ކެބެޖުގެ އިތުރުން، އެކި ބާވަތްތަކުގެ ތަރުކާރީއާއި މޭވާގެ ގިނަ ޕެކޭޖުތަކެއް މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ކްލިއަރކޮށް ބާޒާރަށް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު