ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ތިން ބީޗް ވޮލީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ" ޓީމުން ހޯދައިފިއެވެ.
ކްލަބް އެޗްޑީސީގެ ފަރާތުން އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ހިމެނޭ ޓީމުން، މި ތިން މުބާރާތުގައި ކުޅުނު ޖުމުލަ 12 މެޗުން ވެސް މޮޅުވެފައިވެއެވެ.
1. ބީޗް ވޮލީ ޗެމްޕިއަންޝިޕް
މި އަހަރުގެ ނޮވެންބަރު 9 އިން 13 އަށް މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ބޭއްވުނު މި މުބާރާތުގައި ޖުމުލަ 18 ޓީމު ވާދަކުރިއެވެ. މި ކޯޕަރޭޝަންގެ ފަރާތުން ތިން ޓީމަކުން ވާދަކުރިއެވެ:
ކްލަބް އެޗްޑީސީ 1: އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން
ކްލަބް އެޗްޑީސީ 2: މާލިކް އަސަދު އަދި ބިލާލް އަސްއަދު
ކްލަބް އެޗްޑީސީ 3: އަލީ ނިމާލް އަދި ހުމާމް ހަސަން
ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މި މުބާރާތުގެ ޗެމްޕިއަންކަން ކާމިޔާބުކުރީ ކްލަބް އެޗްޑީސީ 1 އިންނެވެ.
2. ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގު

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތުގައިވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ވަނީ ހޯދާފައި
ނޮވެންބަރު 15 އިން 17 އަށް ކުރިއަށްދިޔަ ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމު ވާދަކުރި މި ލީގުގައި، މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި މި ކޯޕަރޭޝަން ތަމްސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެކަންޏެވެ. ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މި ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ޓީމުންނެވެ.
3. ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް

ނޮވެންބަރު 18 ވަނަ ދުވަހު، ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ބޭއްވި މި މުބާރާތުގައި ވެސް މި ކޯޕަރޭޝަން ތަމްސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ، މި މުބާރާތުގެ ތަށި ކާމިޔާބުކުރީ ވެސް އެ ޓީމުންނެވެ.
މި ކޯޕަރޭޝަންގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، މިފަދަ ކުޅިވަރު ހަރަކާތްތަކުން ކުރިއަށްދިއުމަށް މުވައްޒަފުންނަށް ހިތްވަރުދީ، ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަދި މުވައްޒަފުންގެ ދުޅަހެޔޮކަމާއި އެކުވެރިކަން ބަދަހިކުރުމުގެ އިތުރުން، ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ކުޅިވަރުގެ ކާމިޔާބީތައް ހޯދުމަށް ކޯޕަރޭޝަންގެ ފަރާތުން އަބަދުވެސް ދަނީ އެއްބާރުލުން ދެމުންނެވެ.
ކްލަބް އެޗްޑީސީގެ ފަރާތުން އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން ހިމެނޭ ޓީމުން، މި ތިން މުބާރާތުގައި ކުޅުނު ޖުމުލަ 12 މެޗުން ވެސް މޮޅުވެފައިވެއެވެ.
1. ބީޗް ވޮލީ ޗެމްޕިއަންޝިޕް
މި އަހަރުގެ ނޮވެންބަރު 9 އިން 13 އަށް މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ބޭއްވުނު މި މުބާރާތުގައި ޖުމުލަ 18 ޓީމު ވާދަކުރިއެވެ. މި ކޯޕަރޭޝަންގެ ފަރާތުން ތިން ޓީމަކުން ވާދަކުރިއެވެ:
ކްލަބް އެޗްޑީސީ 1: އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން
ކްލަބް އެޗްޑީސީ 2: މާލިކް އަސަދު އަދި ބިލާލް އަސްއަދު
ކްލަބް އެޗްޑީސީ 3: އަލީ ނިމާލް އަދި ހުމާމް ހަސަން
ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މި މުބާރާތުގެ ޗެމްޕިއަންކަން ކާމިޔާބުކުރީ ކްލަބް އެޗްޑީސީ 1 އިންނެވެ.
2. ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގު

ނޮވެންބަރު 15 އިން 17 އަށް ކުރިއަށްދިޔަ ބީޗް ވޮލީ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ހަ ޓީމު ވާދަކުރި މި ލީގުގައި، މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި މި ކޯޕަރޭޝަން ތަމްސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެކަންޏެވެ. ކުޅުނު ފަސް މެޗުން ވެސް މޮޅުވެ، މި ލީގުގެ ޗެމްޕިއަންކަން ވެސް ހޯދީ އެ ޓީމުންނެވެ.
3. ނޭޝަނަލް ބީޗް ވޮލީބޯޅަ ޗެމްޕިއަންޝިޕް

ނޮވެންބަރު 18 ވަނަ ދުވަހު، ނޭޝަނަލް ބީޗް ވޮލީބޯޅަ ލީގުގެ އެންމެ މޮޅު ހަތަރު ޓީމުގެ މެދުގައި މާލޭ ބީޗް ވޮލީބޯޅަ ކޯޓުގައި ބޭއްވި މި މުބާރާތުގައި ވެސް މި ކޯޕަރޭޝަން ތަމްސީލުކުރީ ކްލަބް އެޗްޑީސީގެ އަހުމަދު މުހައްމަދު އަދި ޝަމާއިލް ހުސެއިން އެވެ. ކުޅުނު ދެ މެޗުން ވެސް މޮޅުވެ، މި މުބާރާތުގެ ތަށި ކާމިޔާބުކުރީ ވެސް އެ ޓީމުންނެވެ.
މި ކޯޕަރޭޝަންގެ އަމާޒަކީ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް، މިފަދަ ކުޅިވަރު ހަރަކާތްތަކުން ކުރިއަށްދިއުމަށް މުވައްޒަފުންނަށް ހިތްވަރުދީ، ފުރުސަތުތައް ފަހިކޮށްދިނުމެވެ. އަދި މުވައްޒަފުންގެ ދުޅަހެޔޮކަމާއި އެކުވެރިކަން ބަދަހިކުރުމުގެ އިތުރުން، ޤައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ ކުޅިވަރުގެ ކާމިޔާބީތައް ހޯދުމަށް ކޯޕަރޭޝަންގެ ފަރާތުން އަބަދުވެސް ދަނީ އެއްބާރުލުން ދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު