ފުވައްމުލައް ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށް، މަސްތުވާތަކެތި ކެފޭ އުސޫލުން ޚިދުމަތް ދެމުންދިޔަ ތަނެއް ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފިއެވެ.
ފުލުހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ފުވައްމުލައް ޕޮލިހާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޏ. ފުވައްމުލައް, ދޫޑިގަން، މާދޫގެ، އަޙްމަދު ރަޝީދު (32އ) އަދި ޏ. ފުވައްމުލައް, ދޫޑިގަން، ރޫބީ، މުޙައްމަދު ޝާޛް (36އ) އެވެ. މި ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގުރާމުގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޝާޛް 15 ދުވަހަށް އަދި އަޙްމަދު ރަޝީދު 12 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން އިތުރަށް ހާމަކުރެއްވި ގޮތުގައި، އަޙްމަދު ރަޝީދު ދިރިއުޅޭ، ޏ. ފުވައްމުލައް / ދޫޑިގަން، މާދޫގޭގެ ބައިގައި ދިޔައީ މަސްތުވާތަކެތި ކެފޭގެ އުސޫލުން ފޯރުކޮށްދީ، އެ ތަކެތި ބޭނުންކުރުމުގެ ޚިދުމަތް ދެމުންނެވެ. އެހެންކަމުން، މި މައްސަލައާ ގުޅިގެން އެ ގެއިން އޭނާ ދިރިއުޅޭ ބައި 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ކޯޓުން މި އަމުރު ނެރެފައިވަނީ ނޮވެމްބަރު 19 ވަނަ ދުވަހުއެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު