ދައުލަތުގެ ތިން ބާރު ތަމްސީލުކުރާ މައި އިމާރާތްތަކުގައި ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަސަން ޒިހާންގެ ބަންދަށް، ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން އިއްޔެ އިތުރު 16 ދުވަސް ޖަހައިދީފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މައުލޫމާތު ދެއްވި ގޮތުގައި، މިއީ އޭނާގެ ބަންދުގެ މުއްދަތު ކޯޓުން އިތުރުކޮށްދިން ތިންވަނަ ފަހަރެވެ. މިދިޔަ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހު ޒިހާން ހައްޔަރުކުރުމަށްފަހު، ފުރަތަމަ ދިން 15 ދުވަހާއި އޭގެ ފަހުން އިތުރުކުރި 14 ދުވަހުގެ މުއްދަތު ހަމަވުމާ ގުޅިގެން އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ފަނޑިޔާރު ވަނީ ބަންދުގެ މުއްދަތު އަނެއްކާވެސް 16 ދުވަހަށް ދަންމާލުމަށް އަމުރުކުރައްވާފައެވެ.
ޒިހާން ހައްޔަރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިތުރުން ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖެހުމަށް ހިތްވަރުދީ، މީސްމީޑިއާގައި އިނގިރޭސި ބަހުން ޕޯސްޓެއް ހިއްސާކުރުމާ ގުޅިގެންނެވެ. އެ ޕޯސްޓުގައި، އެ ތަންތަނުގައި ރޯކޮށްލުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ސުވާލު އުފައްދައި، އެފަދަ ކަމެއް ކުރުމަކީ "މަޖާ" ކަމަކަށް ވާނެ ކަމަށް އޭނާ ލިޔެފައިވެއެވެ. ޕޯސްޓު ކުރިތާ ގަޑިއިރެއްހާއިރު ތެރޭގައި އެ ލިޔުން އޭނާ ފޮހެލި ނަމަވެސް، ފުލުހުން ވަނީ ޖިނާއީ ތަހުގީގެއްގެ ތެރެއިން އޭނާ ހައްޔަރުކޮށްފައެވެ.
ސިފައިންގެ ޚިދުމަތުގައި ކުރިން މަސައްކަތްކުރި ޒިހާންއަކީ އެމްއެންޑީއެފްގެ ފަސްޓް ލެފްޓިނެންޓް ރޭންކުގައި ހުންނެވި ނޭވަލް އާކިޓެކްޓެކެވެ. މީގެއިތުރުން މި ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ވެސް އޭނާ ވަނީ ފުރުއްވާފައެވެ. ނަމަވެސް މަގާމުން އޭނާ ވަކިކުރުމާ ގުޅިގެން، ޒިހާން ދަނީ ސަރުކާރުގެ ސިޔާސަތުތަކަށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު