ތ. ތިމަރަފުއްޓާއި ލ.ފޮނަދޫގައި ސިޓީ ހޮޓާ ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ތިމަރަފުށީގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ 26,480.67 އަކަމީޓަރުގެ ބިމާއި އަދި ޖުމްލަ 92،666 އަކަފޫޓޫ ހިމެނޭ ފޮނަދޫގެ ތިން ބިމެއްގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލުމަށް ނިންމާފައިވާކަމަށެވެ.
އަދި މި ބީލަމާއި ގުޅޭ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމެއް އަންނަ މަހު އެކަކާއި 17 ވަނަ ދުވަހު ވަރޗުއަލްކޮށް (މައިކްރޮސޮފްޓް ޓީމްސް މެދުވެރިކޮށް) ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެ ދެ މަޝްރޫއުއަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ.
ތިމަރަފުށީގައި ދާދި ފަހުން ބޮޑު ސަރަހައްދެއް ހިއްކާފައިވާ އެއާޕޯޓުވެސް އެ ރަށުގައި އޮވެއެވެ. އަދި ފޮނަދޫއަކީވެސް ބިމުގެ ގޮތުން ބޮޑު އަދި ރާއްޖޭގައި ބިމުގެ ގޮތުން އެންމެ ބޮޑު ލ. ގަމާ ގުޅިފައި އޮންނަ ރަށެކެވެ.

ކިޔުންތެރިންގެ ހިޔާލު