ރައީސް މުއިއްޒު  ބޮޑުވަޒީރު ތާރިގު ރަހުމާން އާއެކު--
ރައީސް މުއިއްޒު ބޮޑުވަޒީރު ތާރިގު ރަހުމާން އާއެކު--
އަންނަ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ބަންގްލަދޭޝްގެ ނޫސްތަކާ ޙަވާލާދީ މަޢުލޫމާތު ލިބޭގޮތުގައި، ރައީސްގެ މި ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު ޠާރިޤު ރަޙްމާންގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. އެގޮތުން، އަންނަ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް އެމަނިކުފާނު ބަންގްލަދޭޝަށް ވަޑައިގަންނަވާނެ ކަމަށް ވަނީ ޚަބަރު ފަތުރާފައެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާއި، އެކި ދާއިރާތަކުން ގުޅުން ފުޅާކުރުމާ ގުޅޭގޮތުން މަތީ ފަންތީގެ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

މި އަހަރުގެ ކުރީކޮޅު ބޮޑުވަޒީރު ޠާރިޤު ރަޙްމާން މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް ރައީސް މުޢިއްޒު ވަނީ ބަންގްލަދޭޝަށް ޒިޔާރަތްކުރައްވާފައެވެ.

ބަންގްލަދޭޝަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގެ އިތުރުން، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި އެމަނިކުފާނު ވަނީ ޕާކިސްތާނަށް ވެސް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު