ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 560 ގްރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނ މި ތަކެތި އަތުލައިގެންފައިވަނީ މި ހިނގާ މަހުގެ 11 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އެތަކެތި އަތުލައިގަތީ ބަންގްލަދޭޝްއިން ރާއްޖެ އައި އުމުރުން 32 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަތުންނެވެ.
މި މައްސަލައާ ގުޅިގެން ކަސްޓަމްސް އިން ބުނީ، މި ތަކެތި ފެނިފައިވަނީ އޭނާގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އެގޮތުން ބަލައިފާސްކުރިއިރު އަތުލައިގަނެވުނު ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ. އަދި އަތުލައިގަތް މި ތަކެތީގެ ޖުމްލަ ބަރުދަނުގައި 560 ގްރާމް ހުއްޓެވެ.
ރާއްޖެއަށް ވައިގެ މަގުންނާއި ކަނޑުމަގުން އެތެރެކުރަން މަސައްކަތްކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަބަދުވެސް ދަނީ އަތުލައިގަންނަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި އަތުލައިގަނެވޭ މީހުންނާއި ތަކެތި އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދަނީ ހަވާލުކުރަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސްތުވާތަކެތީގެ ވަބާއާ ދެކޮޅަށް ގައުމީ ފެންވަރުގައި ހަރުދަނާ އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަމުންދާއިރު، ރާއްޖެއަށް މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގައި ކަސްޓަމްސްއިން ދަނީ ވަރަށް ޚާއްސަ ސަމާލުކަމެއް ދީގެން ހީވާގިކަމާއެކު ހަރަކާތްތެރިވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު